ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެބްރުއަރީ މަހު ޗައިނާއިން ރާއްޖެއަށް ގުރޫޕު ދަތުރުތައް ފެށުމަށް ނިންމައިފި

ޗައިނާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މަންޒަރު: ފޮޓޯ/ ޗައިނާ އެމްބަސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ޗައިނާގެ ފަތުރުވެރިންގެ ގުރޫޕުތަށް ޒިޔާރަތްކުރަން ފަށާނެކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން ބުނެފިއެވެ.

ޗައިނާގެ އެމްބަސީއިން ކުރި ޓްވީޓެއްގައި ބުނެފައިވާގޮތުން، ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޗައިނާގައި ފަތުރުވެރިކަމުގެ މަސައްކަތްތައް ކުރާ އޮޕަރޭޓަރުން ބައެއް ގައުމުތަކަށް ގުރޫޕު ޓުަރތައް އަލުން ފެށުމަށް ނިންމާފައިވާކަމަށެވެ.

އެމްބަސީއިން ބުނެފައިވާގޮތުން އަލުން ފަތުރުވެރިން ފޮނުވަން ފެށުމަށް ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެނީ ފުރަތަމަ ގުރޫޕުގައިކަމަށެވެ.

އެތައް އަަހަރެއް ލޮކްޑައުންގައި އޮތުމަށްފަހު، ޗައިނާގެ ބޯޑަރުތައް ހުޅުވާލާފައިވަނީ ދާދި ފަހުންކަމަށްވާއިރު، މިކަމުގެ ސަބަބުން އަލުން ކޮވިޑްގެ ބަލިމަޑުކަން ފެތުރުމުގެ ބިރު އޮތްކަމަށް ވޯލްޑު ހެލްތު އޮރގަނައިޒޭޝަނުންވަނީ ފާހަގަކޮށްފައެވެ. އަދި ބައެއް ގައުމުތަކުން ޗައިނާއިން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކޮވިޑް ޓެސްޓު ހެދުމަށް މަޖުބޫރު ކުރުމަށް ނިންމާފައިވާއިރު، އެ ގައުމުންވަނީ އެކަމާއިމެދު ނުރުހުންވާކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: