ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގއ ދާންދޫގެ މަސް ދޯންޏެއް ބިންދައިގެން ގޮސްފި

ބިންދައިގެންދިޔަ މަސްދޯނި: ފޮޓޯ/ މިފްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަން ކުރުމަށް ނުކުމެ އުޅުނު ގއ ދާންދޫގެ ދޯންޏެއް ބިންދައިގެން ގޮސްފިއެވެ.

މިފްކޯއިން ސޯޝަލް މީޑީއާގައި ހިއްސާކޮށްފައިވާ ގޮތުން، ބިންދައިގެން ގޮސްފައިވަނީ ދާންދޫ އަށް ނިސްބަތްވާ ފަހިރޯދި ކިޔާ ދޯންޏެކެވެ. އަދި ދޯނި ބިންދައިގެން ދިއުމާއި އެކު، އެހީތެރިކަމަށް އެދުމުން އެ ކުންފުނީގެ ރަންދި 23 ބޯޓުންވަނީ އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ބުނެފައިވެއެވެ. މިފްކޯއިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެނިގެންދާގޮތުން، ފަހިރޯދި ދޯންޏަށްވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން މަސް ދޯނި ފަހަރަކީ ދެމެެހެއްޓިނިވި އުސޫލެއްގެ މަތިން މަސްވެރިކަން ކުރަމުންދާ ދިވެހި މަސްވެރިންގެ އާންމު ދިރިއުޅުމާއި ގުޅިލާމެހިފައިވާ ތަކެތިކަމަށްވުމުން، މި ހާދިސާ އާއި ގުޅިގެން ހިތާމަކުރެއެވެ.

އެމްއެންޑީއެފްގެ ކޯސްޓު ގާޑުންވެސް ވަނީ ދޯންޏަށް އެހީތެރިވުމުގެ ގޮތުން އެ ސަރަހައްދަށް ގޮސްފައެވެ. އެހެން ނަމަވެސް އެ މުއައްސަސާއަށް ހާޒިރުވެވުނު އިރު ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. ހާދިސާ ހިނގި އިރު ގިނަ އަދަދެއްގެ މީހުން ދޯނީގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: