ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެޔެއްގެ ސިޑި މައްޗަށް ބޮޑުކަމުދިޔަ ވެމްކޯގެ މުއައްޒިފު ސަސްޕެންޑް ކޮށްފި

ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިޖްތިމާއީ މިންގަނޑުތަކާއި ހިލާފުވެފައިވާކަމަށް ފާހަގަކުރެވުނު މުއައްޒިފަކާއިމެދު ފިޔަވަޅު އަޅާފައިވާކަމަށް ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން(ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯގެ މުއައްޒިފަކު ގެއެއްގެ ސިޑި މައްޗަށް ބޮޑުކަމުދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާންފެށުމާއިއެކު، އެ ކުންފުނިންވަނީ ބަޔާނެއް ނެރިފައެވެ. ވެމްކޯއިން ބުނެފައިވާގޮތުން، އިޖްތިމާއީ މިންގަނޑުތަކާއި ހިލާފުވާފަދަ އަމަލުތައް ހިންގުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެކަމަށެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، ފެންމަތިވެފައިވާ މައްސަލަ ދަނީ ބަލަމުންނެވެ. އަދި އިޖްތިމާއީ މިންގަނޑުތަކާއި ހިލާފުވާ އަމަލު ހިންގި މުއައްޒިފު މިހާރުވަނީ ސަސްޕެންޑު ކުރެވި، މަސްއޫލިއްޔަތު ތަކުން އެއްކިބާ ކުރެވިފައިކަމަށާއި، ތަހުގީގުތައް ކުރަމުންދާކަމަށް ފާހަގަކޮށް އެ ކުންފުނިން ވަނީ މާޕަށް އެދިފައެވެ. އަދި މިފަދަ މައްސަލަތައް ކުރިއަށް އޮތްތާ ދިމާނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަަށް މަސައްކަތްކުރާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: