ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިސާން ވީ ގުރުބާނީ އެމްޑީޕީގެ މެމްބަރުންނާއި ގިނަ ދިވެހިން އަދިވެސް ހަނދާން އެބަހުރި: މިއުވާން

ޝެއާރކޮށްލާ ކަހަލަދޯ؟

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އުޅެން ޖެހުނު ހާލު، އެމްޑީޕީގެ މެމްބަރުންނާއި ދިވެހިންގެ ގިނަ ބަޔަކު އަދިވެސް ހަނދާން އެބަހުރި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމްޑީޕީ އިދިކޮޅުގައި އޮތް އިރު، ގިނަ ބަޔަކު ނުހައްގުން ޖަލަށް ލާފައިވެއެވެ. އެހެންކަމުން އެދުވަހު ހައްޔަރުގައި ތިބި ސިޔާސީ ހައްޔަރީންނާއި އެމީހުންގެ ވަކީލުންގެ ތެރޭގައި ހިމެނުނު ހިސާން އުޅެން ޖެހުނު ހާލާއި ވީ ގުރުބާނީ އެމްޑީޕީގެ ގިނަ މެމްބަރުން ހަނދާން އެބަހުރި ކަމަށް މިއުވާން ވިދާޅުވިއެވެ.

 

އެމްޑީޕީގެ ގާނޫނީ ވަކީލުކަން ކުރައްވައި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ވަކީލް ކަން ކުރައްވާފައިވާ ހިސާން، ރައީސް ޔާމީންގެ ސަރުކާރުގައި އުޅުނު ދަތިހާލުގެ ވާހަކަ މީގެ ކުރިން ވަނީ ދައްކާފައެވެ. އެގޮތުން އޭރު ޖަލަށް ގޮސް ހައްޔަރީންނާއި ބައްދަލުކޮށް ކޯޓަށް ހާޒިރު ކޮށް މައްސަލަ ހުށަހަޅައި ޝަރީއަތް ހިނގުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ހިސާން ބުނެފައިވެއެވެ.

އިއްޔެ އުފަންރަށް ބ ތުޅާދޫއަށް ހިސާން ވަޑައިގަތުމުން ޕީޕީއެމްއަށް ނިސްބަތްވާ 10 މީހަކު ނުކުމެ ގަޔަށް ބޮލަށް އަރަން އުޅުނު ކަމަށް ހިސާން ވަނީ ބުނެފައެވެ. އަދި އެވަގުތު ހިސާން ހިމާޔަތް ކޮށްދިނީ އެމްޑީޕީ މެމްބަރުންނާއި ރަށުގައި ތިބި ފުލުހުންނެވެ.

ޝޯސަލް މީޑިއާގައި ދައުރުވަމުން  އަންނަ ވީޑިއޯތަކުން ފެންނަގޮތުގައި ހިސާން ތުޅާދޫއަށް ވަޑައިގަތުމުން އޭނާ އާ ދެކޮޅަށް އަޑުއުފުލި މީހުން ވަނީ ސަރުކާރުންވީ އެއްވެސް ވައުދެއް ނުފުއްދާ ކަމަށް ބުނެ ފަހަތުން ހިނގައިފައެވެ. މިގޮތުން ހިސާންގެ ފަހަތުން އެ މީހުން ވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި އަޑުއުފުލަމުން ހިނގައިފައެވެ.

ހިސާން ތުޅާދޫ އަށް ވަޑައިގަތް ވަގުތު، ހަމަނުޖެހުން އުފެއްދި ޕީޕީއެމްގެ މެމްބަރުން ގޮވަމުން ދިޔައީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސަޕޯޓް ނުކުރާ ވާހަކަ ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އެކަމާ ގުޅިގެން ހިސާން ވިދާޅުވީ އެފަދަ ކަންކަމަކީ އެމްޑީޕީގެ އެންމެންވެސް ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހިސާން ތާއީދު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށެވެ.

ކެމްޕޭންގެ ދަތުރުތަކުގައި ހިސާން ގެންދަވަނީ ރައީސް ސާލިހް އާއެކު އަމަލީ ގޮތުން ބައިވެރިވަމުން ކަން ވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: