ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސްކުޅިންނަށް ދޭ ޕެންޝަން 5000 ރުފިޔާއަށް ހެދީ ރައީސް ސާލިހު: ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް/ ފޮޓޯ: ރައީސް ސޯލިހު ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް 5000 ރުފިޔާއަށް ހެދީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައިކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވެފައިވަނީ މުސްކުޅިންނަށް ޕެންޝަން ދޭން ފެއްޓީ މަޖިލީސް އިން ފާސްކުރި ޕެންޝަން ގާނޫނުގެ ދަށުކަމަށެވެ. އެ ގާނޫނު މަޖިލީހަށް ހުށައެޅުނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައިކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވެފައިވަނީ، މި ހަގީގަތް އޮޅުވާލުމަށްޓަކައި ގިނަ ބަޔަކު މަސައްކޮށްފިކަމަށާއި، އަދިވެސް ދަނީ އެ މަސައްކަތްކުރަމުންކަމަށެވެ.

ޝަރީފް ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ފާސްކޮށްފައިވަނީ 2000 ރުފިޔާ ދިނުމަށްކަމަށާއި، 5000 ރުފިޔާއަށް ބޮޑުކުރީ މިވެރިކަމުގައިކަމަށެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވީ ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ މާލީ އެހީ 2،000 ރުފިޔާ އިން 5،000 ރުފިޔާއަށް ބޮޑުކުރުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާޙް ހުށަހެޅުމުގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައި 2014 ޖުލައި 21 ގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެވަވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ ފައިސާ އެފަރާތްތަކުގެ އެކައުންޓްތަކަށް ފުރަތަމަ ފަހަރަށް ޖަމާކޮށްދީފައިވަނީވެސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: