ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަންވަރު އިއުލާނުކޮށްގެން ދޭން ބުނާ ގޯތިތައް ހުރީ ކަނޑުއަޑީގައި: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އިންތިހާބަކާއި ގުޅުވައި ދަންވަރު ގަޑީ ގޯތިތައް އިއުލާނު ކުރަމުންދާކަމަށާއި، އެހެންނަމަވެސް ދޭނެ ކަމަށް ބުނާ ގޯތިތައް ހުރީ ކަނޑު އަޑީގައިކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

އައްޑޫގައި ގޯތިތަކެއް ދޫކުރުމަށް އިއުލާނު ކުރުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ކުރީ ޒަމާނުގައި ދަންވަރުގެ ވަގުތުތަކުގައި ކޯޓު ހުޅުވައިގެން ހުކުމް އިއްވުމަކީވެސް އާންމު ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ މަސައްކަތްތައް ދަންވަރުގެ ވަގުތުތަކުގައި ނުކުރެއްވުމަށް އެ މަނިކުފާނު ދެންނެވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދަންވަރުގެ ވަގުތުތަކުގައި ކުރާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަނީ ވަކި ގޮތަކަށް ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމުގެ ވާހަކަތައް ނުދެއްކުން ބޭނުންތެރިކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދަންވަރުގެ ވަގުތުތަކުގައިވެސް ކުރުމަށް ރަނގަޅު ކަންކަން ހުރިކަމަށެވެ. އެގޮތުން ގަން އެއަރޕޯޓު ނިންމައި އެތަނަށް ބޭރުގެ އުޅަނދުތައް ޖެއްސޭނެ ގޮތް ހެދުމަކީ އެފަދަ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި ދަންވަރު ހުޅުވައިގެންވެސް ރިސޯޓުތައް ބިނާކޮށް، އެތަނަށް މީހުން ގެނެސް، ވަޒީފާގެ ފުރުސަތުތައް އުފެއްދުމަކީ ދަންވަރު ހުޅުވައިގެންވެސް ކުރުން ރަނގަޅު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރޭގަނޑު ދަންވަރު ނަމަވެސް ކުރަން ހުރި ވަރަށް ގިނަ ކަންކަން ތިބި ނަމަވެސް، ނެތް ކަމެއް ކުރަން އުޅުމަކީ ބޭއަދަބީ ކަމެއް ކަމަށެވެ.

ދަންވަރުގެ ވަގުތުގައި ކުރާނީ ފޮއްޓެއް ފަޅާލުމުގެ މަސައްކަތް ކަމަށް އެމަނިކުފާނުގެ މާމަ އަދި އާއިލީ ބޭފުޅުން ބުނާ ކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ރެއެއްގެ ދަންވަރު ގޯއްޗެއް އިއުލާނު ކުރުމުން ކަޑަ ޖެހުމުގެ އިތުރު މަރުހަލާއަކަށް އާދެވިފައިވާކަމަށް އެންމެންގެ ހިތަށް އަރާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ އިންތިހާބެއްގައިވެސް މި ގޯތިތައް ދެމުންދާކަމަށެވެ. އަދި ކޮންމެ އިންތިހާބެއްގައިވެސް އިއުލާނު ކުރަނީ ދަންވަރު ކަމަށްވީނަމަވެސް ދޭނެކަމަށް ބުނާ ގޯތިތައް އަދި ހުރީ ކަނޑުއަޑީގައިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: