ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ޖެއްސުން ކުރަނީ ރައީސް ސާލިހު އިސްވެ ހުރެގެން: އައިފާން

އައިފާން ކައުންސިލުގެ ޖަލްސާގައި ވާހަަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ޖެއްސުން ކުރަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިސްވެ ހުންނަވައިގެންކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ 86 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން އައިފާން ވިދާޅުވީ ސަރުކާރުން ދަނީ މާލެ ސިޓީ ކައުންސިލަށް ދުއްތުރާ ކުރަމުންކަމަށާއި، ސަރުކާރު ބުނާ ގޮތަށް އަމަލުކުރަމުންދާ ކައުންސިލްތަކަށް އެއްވެސް އުސޫލެއް ނެތި ކަންކަން ކޮށްދެމުންދާކަމަށެވެ. އެގޮތުން ބޭނުންވެއްޖެނަމަ ރޭގަނޑު ދަންވަރު ގަނޑީގައިވެސް އިއުލާންތައްކުރެވޭކަމަށާއި، ބިންތައް ކުއްޔަށްދީ ގޯއްޗަށްވެސް ހުޅުވާލެވޭކަމަށް ވިދާޅުވިއެވެ.

މިއީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫންކަމަށް ފާހަގަކުރައްވާ އައިފާން ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ގާނޫނާއިވެސް މި ކަންތައްތައް ހިލާފުކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ސަރުކާރުން ހިއްފަހައްޓަފައިވާތީ އައިފާން އެކަން ސިފަކުރެއްވީ ވަރަށް ވިޔާނުދާ އަމަލެއްގެ ގޮތުގައެވެ.

އެގޮތުން ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށްޓަކައި އެދިވެސް ޕްލޭނިން މިނިސްޓްރީއަށް އެތައް ފަހަރެއްގެ މަތިން ހުށައަޅައިފިންކަމަށް ފާހަގަކޮށް އައިފާން ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދީފައިނުވާތީ މަޝްރުއުތައްވެސް ނުހިންގޭކަމަށެވެ. ގާނޫނުން ކައުންސިލުގެ މައްޗަށް ލާޒިމްކުރާ ހުރިހާކަމެއް މާލެ ސިޓީ ކައުންސިލުން ފުރިހަމަ ކުރި ނަމަވެސް ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމަށް އައިފާން ފާހަގަކުރެއްވިއެވެ.

ތަފާތު އެކި ފަހަރު މަތިން މިހާރު ލޭންޑް ޔޫސް ޕްލޭން އިސްލާހު ކޮށްފަވާނެ ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފަ. އެކަމަކު އަދި އަދަށްވެސް މިއަދާއި ހަމައަށް އައިރުވެސް އަޅުގަނޑުމެންނަށް ވަނީ އެއްވެސް ކަހަލަ އަލި މަގެއް ނޫނީ މިކަން ކުރެވޭނެ އެއްވެސް ގޮތެއް އަޅުގަނޑުމެންނަށް ސަރުކާރު ފަރާތަކުން ނުދައްކާ.

ބިޒްނަސް ޑިވެލޮޕްމެންޓް ޔުނިޓްގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ހުރިހާ މަޝްރޫއުތަކެއްވެސް ވަނީ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްފައިނުވާތީ ހުއްޓިފައިކަމަށް އައިފާން ވިދާޅުވިއެވެ. ސަރުކާރުން ދަނީ ރައްޔިތުންނަށް ޖެއްސުން ކުރަމުންކަމަށް ފާހަގަކުރައްވާ އައިފާން ވިދާޅުވީ، މިއީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިސްވެ ހުރެ ސަރުކާރުގެ ވުޒާރާތަކަށް އަންގައިގެން ކުރަމުންދާކަމެއްކަމަށެވެ.

މާލެ ސިޓީގައި ގޯތި ދިނުންދަފަ ބޮޑެތި ކަންތައްތައް އިއުލާންކޮށްގެން ކުރިއަށްގެންދާއިރު، މިއިން އެއްވެސްކަމެއް ކައުންސިލާއި ހިއްސާ ނުވަތަ މަޝްވަރާ ނުކުރާކަމުގެ ކަންބޮޑުވުންވެސް އައިފާން ވަނީ ފާޅުކުރައްވާފައެވެ. ނަމަވެސް ސަރުކާރުގެ ބާރާއި ނުފުޒު ހިގާ ކައުންސިލްތަކުގައި ގޯތިވެސް ދޫކުރަނީ ކައުންސިލަކުންކަމަށް އައިފާން ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނާއި ހިލާފަށް މި ސަރުކާރުން ކުރަމުންގެންދާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާ އައިފާން ވިދާޅުވީ، ސަރުކާރުން ކައުންސިލަތކުގެ އިހުތިސާސްގެ ދަށުގައި ހުރި ތަންތަނުގައި ކުރާ ކަންތައްތައް ކުރައްވަނީ ސަރުކާރުން ބޭނުންވާ ގޮތައްކަމަށެވެ.

ސަރުކާރުން މިފަދަ އަމަލުތައް ޕާޓީގެ ތެރޭގައި އޮތް އެތެރޭގެ އިންތިހާބަށް މަންފާ ހޯދުމަށްޓަކައި ހިންގާކަމަށް އައިފާން ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންނަށް ވެވޭ އިހުމާލެއްކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ގޮވާލީ ސަރުކާރުގެ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށްދީ، ރައްޔިތުންނަށް ކުރަމުންދާ ޖެއްސުން ހުއްޓާލުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: