ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް ޝަރީފް ރައީސް ސާލިހަށް: އޭރުވެސް ބިރުވެރިކަން އުފެއްދީ މި ސަރުކާރާއި ގުޅިފައިތިބި ފަރާތްތަކުން!

މަޑުއްވަރި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު ރައީސް އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަކީ ބިރުވެރި އަދި ނާމާން ވެރިކަމެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ސިފަކޮށްފައިވާތީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެ ވާހަކަތަކަށް ރައްދުދެއްވައިފިއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވިގެންދާ އެއް ވާހަކައަކީ ރައީސް ޔާމީންގެ ވެރިކަމަކީ ބިރުވެރި އަދި ނާމާން ވެރިކަމެއްކަމަށް ވިދާޅުވެ ދެކެވޭ ވާހަކަތަކެވެ. އެގޮތުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ގެންދަވަނީ މިކަންތައްތައް ފާހަގަކުރަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މި ހާލަތު ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވަންޖެހޭކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގެ ނަތިޖާ ނިކުންނަ ގޮތެއްގެ ސަބަބުން ރައީސް ޔާމީންގެ ހަގީގަތާއި ދުރު ސިޔާސަތުތައް ވެރިކަމަށް އަލުން އަބުރާ އަތުވެދާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެ އަނިޔާވެރި ދުވަސްތައް ރާއްޖޭގެ އެއްވެސް ރައްޔިތަކު ދެކެން ބޭނުން ނުވާނެކަމަށް ރައީސް ވިދާޅުވެ ރައީސް ސާލިހު ވަނީ އެ ބިރުވެރިކަން ތަހައްމަލު ކުރަން ބޭނުންވާނެ މީހަކު ނުހުންނާނެ ކަމުގައިވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި ވިދާޅުވެ ދައްކަވާ ވާހަކަތަކަށް ރައްދުދެއްވާ އާދަމް ޝަރީފް ވިދާޅުވީ އޭރުވެސް ބިރުވެރިކަން އުފެއްދީ މި ސަރުކާރާއި ގުޅިފައިތިބި ފަރާތްތަކުންކަމަށެވެ. އެގޮތުން “މޭޑޭ” މުޒާހަރާއާއި ސުޕްރީމް ކޯޓުގެ ބަޢާވާތާއި އަދި ފިނިފެންމާ ލޯންޗު ގޮއްވާލުންވެސް އާދަމް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައި މަޖިލީހުގައި ހިގައި ދިޔަ ކަންތައްތައް ބަޢާވާތެއްގެ ގޮތުގައި ސިފަކުރައްވާ އާދަމް ޝަރީފް ވަނީ އެކަންތައްތައްވެސް ފާހަގަކުރައްވާފައެވެ.

އެއީ އެމްޑީޕީ އާއި ގުޅިފައިވާ ފަރާތްތަކުން ހިންގި ކަންކަންކަމަށް ތަކުރާރުކުރައްވާ އާދަމް ޝަރީފް ވިދާޅުވެފައިވަނީ މިވެރިކަމުގައި ރައީސް ޔާމީން 3 ފަހަރަށް ޖަލަށްލައިފިކަމަށެވެ.

ރައީސް ޔާމީންގެ އަކީ ބިރުވެރި ވެރިއެއްކަމަށް ސިފަކުރައްވާ ރައީސް ސާލިހުދައްކަވާ ވާހަކަތައް ރައީސް ނަޝީދު ވަނީ ދިފާއުކުރައްވާފައެވެ. އަދި ވިދާޅުވީ ރައީސް ޔާމީންއަށްވުރެ، މި ސަރުކާރުގެ އިއްތިހާދުގައި ތިއްބެވި އަދާލަތު ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް މާ ބިރުވެރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: