ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަށް އަނިޔާވެރިވާ ފަރާތްތަށް ޕީޕީއެމް/ޕީއެންސީއަކަށް ނޯޅޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ލީޑަރު ރައީސް އަބުދުﷲ ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއަށް އަނިޔާވެރިވާ ފަރާތްތަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް އޮޅިގެން ނޫޅޭކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދައިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ނިމެންދެން ރައީސް ޔާމީންގެ އިސްތިއުނާފު މަޑުޖައްސައިފިކަމަށް ފާހަގަކޮށް، ޕީޕީއެމްގެ އުއްމީދަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހޮވުންކަމަށް ބުނެ މީހަކު ކޮށްފައިވާ ޓުވީޓަކަށް ރައްދުދެއްވައެވެ. ޝިޔާމް އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީޏްގެ މައްސަލައަށް އަތް ބާނާ ނުފޫޒު ފޯރުވާ އަދި ރައީސް ޔާމީން އަށް އަނިޔާވެރިވާ ފަރާތްތަށް ޕީޕީއެމް/ޕީއެންސީއަށް އޮޅިގެން ނޫޅޭކަމަށެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބަށް ޝައުގުވެރިކަމެއް ނެތްކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވެފައިވަނީ ޑިމޮކްރަޓިކް ނަމުގައި ޖަހައިގެން އެ އިންތިހާބުގައިވެސް “ހާވާނެ ހަޑި” އެގޭކަމަށެވެ. އަދި ޝިޔާމް ވިދާޅުވެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން މި ވެރިކަމުގައި ތިބި ޢައްދާރުން ބާލާނެކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވާ ގޮތުގައިވެސް އިދިކޮޅަށް ރިޔާސީ އިންތިހާބުގައި ކިރިޔާވެސް އުންމީދެއް އޮތީ އެމްޑީޕީގެ ޕްރައިމެރީއަށް ވަދެގެންނެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް އެ ފުރުސަތު ގެއްލުވާލައި އިދިކޮޅުގެ އުންމީދުތަކަށް ކުރިއެރުން ލިބިދާނެކަމަށް އެބޭފުޅުން ގަބޫލު ކުރާކަމަށެވެ. އެމަނިކުފާނު ވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީން އިންތިހާބަށް ބަސް ބުނާތީ އެކަމަށް ނުރުހުންވުން ފާލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: