ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމް ނުކޮށް އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަ ކުރި ގާޒީއެއްގެ މައްސަލަ ބަލަނީ!

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން : ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލިބުނު ބައެއް ޝަކުވާތަކަށް ފަހު ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.

ފަނޑިޔާރުންނާއި ގުޅުން ހުރި ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ޒިންމާ އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ ސިވިލް ކޯޓުގެ ގާޒީ ފައްޔާޒްގެ މައްސަލައެއް ބެލުމަށް ނިންމާފައި ވަނީ އޭނާގެ ފަރުވާ ކުޑަކަން ފާހަގަކުރެވިގެން ކަމަށެވެ.

ޖޭއެސްސީން ގާޒީ ފައްޔާޒްގެ މައްސަލަ ބަލަނީ ކޯޓުގައި ކުރިޔަށް ދިޔަ މައްސަލައެއްގެ އަޑުއެހުންތައް ނިންމާލިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ވެސް ހުކުމްކޮށްފައި ނުވާތީ އެވެ.

ކޮމިޝަނަށް ލިބުނު ޝަކުވާތަކަކާއި ގުޅިގެން މައްސަލަ ބެލުމަށް ނިންމާފައި ވަނީ މި މަހުގެ 08 ގައި ބޭއްވި ޖަލްސާގަ އެވެ. ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި، މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމަށް ސަބް ކޮމިޓީއެއް އެކުލަވާލައި ތަހުގީގު ވަނީ ފަށާފަ އެވެ.

މައްސަލަތައް ކޯޓުގައި ކުރިޔަށް ގެންދިއުމުގައި ފަރުވާކުޑަ ކުރުމާއި، ނުވަތަ ވަކި މީހެއްގެ މަސްލަތަހަށް ފައިދާ ވާ ގޮތަށް އަޑުއެހުންތައް ކުރިޔަށް ގެންދިއުން ނުވަތަ އެހެނިހެން ސުލޫކީ މައްސަލަތަކުގައި ޖޭއެސްސީން ގިނަ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ތަހުގީގުކޮށްފައި ވެއެވެ. އަދި ބައެއް ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ނިންމާއިރު، ކޮމިޝަނުގެ ނިންމުން މަޖިލީހަށް ފޮނުވުމުގެ ކުރިން ބައެއް ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: