ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޔާ ކިޔައިދެއްވީ ނަޝީދަށް އެމްޑީޕީގެ އަސާސީ ގަވައިދު؛ އެތެރޭގެ ފިކުރަކުން އިތުރު ކެނޑިޑޭޓެއް ނުނެރެވޭނެ!

އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން، ރައީސް ނަޝީދު އަދި ރައީސް ސާލިހާއި، ފައްޔާޒް އިސްމާއީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އަސާސީ ގަވައިދާއި، ޕާޓީގެ އުސޫލު ބަދަލުކޮށް ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އިތުރު ހަރަކާތެއް ހިންގައި 2023 ގެ ކެނޑިޑޭޓާއި ގުޅޭގޮތުން ގޮތެއް ނިންމަން ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އިތުރު ހަރަކާތެއް ހިންގުމުގެ ފުރުސަތު ނުދެވޭނެކަމަށް ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމެރީގައި، ތަފާތު ބޮޑު އަޣުލަބިއްޔަތަކުން ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ދޮޅު މަސް ދުވަހުގެ ވާދަވެރި، އަދި ފޯރިގަދަ ކެމެޕެއިނަކަށް ފަހު ރައީސް ސޯލިހު ހޯއްދެވީ ތާރީހީ މޮޅެކެވެ. އިންތިހާބުގެ ނަތީޖާ އިއުލާނު ކުރިތާ 24 ގަޑިއިރު ވީ އިރު ވެސް މާބޮޑު ވާހަކައެއް ދައްކަވާފައި ނުވާ ރައީސް ނަޝީދު ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓަސްއަޕް ގުރޫޕަށް ފޮނުވި މެސެޖުގައި އިންތިހާބުގެ ނަތީޖާ ގަބޫލު ކުރުމަށް ބޭނުން ނުވާކަން ހާމަ ކުރެއްވި އެވެ.

ބަލި ގަބޫލު ކުރުމަށް ބޭނުން ނުވާ ސަބަބެއްކަމަށް ރައީސް ނަޝިދުގެ މެސެޖުގައި ވަނީ، އިންތިހާބުގައި ވޯޓުލީ ޕާޓީގެ 39،000 މެމްބަރުންގެ ބަސް ނުހިމަނައިކަމަށް ވާތީ އެވެ. އެހެންވެ، އެމަނިކުފާނު ހުށަހެޅީ، އެ މެމްބަރުންގެ ބަސް ހިމަނައިގެން 2023 އަށް ގޮތެއް ނިންމުމަށެވެ. އަދި ވިދާޅުވީ، ”ފިކުރެއްގެ ދިރުން“ އަށް ފުރުސަތު ދީގެން ރާއްޖޭގެ ރަށްތަކުގައި ހަރަކާތް ހިންގަން ޖެހޭ ކަމަށެވެ.

ބަރުލަމާނީ ނިޒާމެއްގެ ތެރެއިން، ތާއީދު ހޯދުމަށް އިތުރުވާނެކަމަށް ރައީސް ނަޝިދުގެ މެސެޖުގައި ވެއެވެ.

ރައީސް ނަޝީދުގެ މެސެޖަށް ދެކޮޅު ހައްދަވައި، ފައްޔާޒް ވިދާޅުވީ އެފަދަ އެއްވެސް ފުރުސަތެއް ނުދެވޭނެ ކަމަށެވެ. ރައީސް ނަޝީދުގެ ހުށަހެޅުމަށް އަލުން ވިސްނުމަށް ގޮވާލައި، ފައްޔާޒް ވިދާޅުވީ ޕާޓީގެ އުސޫލާއި ގަވައިދު ބަދަލުކޮށް އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށެވެ.

”އަލުން ތިކަމާއި މެދު ވިސްނާލެއްވުމަށް އެދެން… ޕާޓީގެ އުސޫލާއި ގަވާއިދު ބަދަލުކޮށް ތި ގޮތަށް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ… ޓިކެޓު ކާމިޔާބު ކުރާ ފަރާތަކީ ޕާޓީގެ ކެނޑިޑޭޓު“ ފައްޔާޒް

ސިޔާސީ ގޮތުން ހިޔާލުތަފާތުވުން އުފެދި، ދެ ރައީސުންގެ ދެމެދު ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. ކެމްޕެއިނުގައި ޕާޓީގެ ދެ ވެރިކަން އަޅައި ކިއުމާއި އެކި ތުހުމަތުތައް ކުރުން އިތުރުވެ، ޖަލްސާތަކާއި ބައްދަލުވުންތަކުގައި ޒާތީ ގޮތުން ވެސް ވާހަކަތައް ދެކެވުނެވެ. ބޮޑު ތަނުން އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތް ނަމަވެސް، ރައީސް ނަޝީދަށް ޕްރައިމެރީން ލިބިވަޑައިގަތީ 39 އިންސައްތަ އެވެ.

ނަތީޖާ ދައްކާ ގޮތުގައި ރައީސް ނަޝީދަށް އިންތިހާބުގައި ލިބިވަޑައިގަތީ 15،682 ވޯޓެވެ. ރައީސް ސޯލިހު ވަނީ، 24،906 ވޯޓާއި އެކު އިންތިހާބުގެ 61 އިންސައްތަ ހޯއްދަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: