ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ އަމަލުތައް މިހާރު ހުރީ މައުމޫން ޒެޑް ފެކްޝަނެއް އުފައްދައި ކަންތައް ކުރި ގޮތަށް: ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު އަމަލު ކުރައްވަމުންދަނީ ޑީއާރްޕީ ބައިބައިކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަމަލު ކުރެއްވި ގޮތަށްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންނެވި ކާމިޔާބީ ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެ، ރައީސް ނަޝީދު ޕާޓީގެ ތެރޭގައި ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި ގޮފިތަކެއް އުފައްދަވަން މަސައްކަތްކުރައްވަމުންދާއިރު، ޝަރީފްވަނީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އަދި ރައީސް ނަޝީދު އަމަލު ކުރައްވަމުން ދަނީ އަމަލުކުރަން ހެޔޮ ނުވާ ގޮތެއްގެ މަތިންކަމަށް އެނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޕާޓީގެ މެމްބަރުންގެ ނިންމެވުން ގަބޫލު ނުކުރައްވާ އެމްޑީޕީ ދެބައިކޮށް، އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަކީ ރައީސް މައުމޫނު ޒެޑް ޑީއާރްޕީ އުފެއްދުވުމުގައި އަމަލު ކުރެއްވި ގޮތްކަމަށެވެ.

އެނާ ވިދާޅުވީ، ރައީސް މައުމޫނަށް ޒެޑް ފެކްޝަން އުފައްދަވައިގެން އިދިކޮޅު ޑީއާރްޕީ ބައިބައިކޮށްލެވުނަސް ވެރިކަން ކުރަމުންދިޔަ ޕީޕީއެމް އެގޮތަށް އެމްއާރްއެމް އުފައްދައިގެން ބައިބައި ނުކުރެއްވުންކަމަށެވެ. އަދި އެކަމުން އެނގިގެންދަނީ ވެރިކަން ކުރަމުންދާ ޕާޓީއެއް ބައިބައި ކުރުމަކީ ފަސޭހަކަމެއް ނޫންކަންކަމަށާއި، އެހެންކަމުން އެމްޑީޕީވެސް ވެރިކަމުގައި އޮއްވާ ބައިބައިކުރުން ދަތިކަމަކަށް ވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޒެޑް ޑީއާރްޕީ އާއި ދާދި އެއްގޮތަކަށް ވަކި ފެކްޝަނެއް އުފެއްދުމާއި ޕާޓީގެ ގަވައިދުގައިވާ ގޮފިތައް ހެދުމާއި އެއީ ވަރަށް ތަފާތު ދެކަން ކަމަށެވެ. އަދި މިހާރުވެސް ޕާޓީގެ ތެރޭގައި އެތައް ސަތޭކަ ގޮތްޕެއް އޮތްކަމަށާއި، އެކަން ކުރަމުންދަނީ ޕާޓީގެ އަސާސީ ގަވައިދާއި އެއް ގޮތަށްކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: