ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާއި ގުޅުވައި ރައީސް ނަޝީދު އަމަލުކުރައްވަމުންދަނީ ޑިމޮކްރެސީ އާއި ހިލާފަށް: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ގެންގުޅުއްވަމުންދާ ވިސްނުންފުޅުތަކާއި ކުރައްވަމުންދާ އަމަލުތައް ޑިމޮކްރެސީއާއި ހިލާފުވާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމާއި އެކު، ޕާޓީގެ ރައީސް، ރައީސް ނަޝީދުވަނީ ޕްރައިމަރީގެ ނަތީޖާ ސައްހަ ނޫންކަމަށް ވިދާޅުވެ، ޕާޓީގެ ތެރެއިން “ފިކުރެއްގެ ދިރުން” ނަމުގައި ގޮފިތަކެއް އުފައްދަވާނެކަމަށް ވިދާޅުވެފައެވެ. ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލައަށް އަލިއަޅުއްވައި ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު މަސައްކަތްކުރައްވަމުންދަނީ ސައްހަ އިންތިހާބެއްގެ ނަތީޖާ އަނބުރާލެއްވުމަށްކަމަށެވެ.

އެނާ ވިދާޅުވީ، ސައްހަ ނަތީޖާތަކެއް ގަބޫލު ނުކުރެއްވުމަކީ، ޑިމޮކްރެސީގެ އަސާސްތަކާއި ހިލާފުވާ ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދު ކުޅުއްވަމުންދަނީ “ޑްރާމާ” އެއް ކަމަށާއި އެކަމުގެ ސަބަބުން ޕާޓީ ފުނޑުފުނޑުވެގެންދިއުމުގެ ފުރުސަތު އޮތްކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ޑީއާރްޕީ ފުނޑިގެން ދިއުމުގެ ސަބަބުން އުފެދިގެންދިޔައީ ޒެޑް ޑީއާރްޕީކަމަށެވެ. އަދި ޕީޕީއެމްގެ ތެރެއިން އެމްއާރްއެމްވެސް އުފެދިގެންދިޔަކަމަށްވީނަމަވެސް، ވެރިކަމުގައި އޮތް ޕާޓީއެއްގެ ތެރޭގައި ބައިބައިވުންތަކެއް އުފެދުނަސް އެ ޕާޓީއެއް ދެމިއޮންނާނެކަމުގެ ހެއްކަކީ ޕީޕީއެމްކަމަށް އެނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު އަމަލުކުރައްވަމުންދާ ގޮތުގެ ސަބަބުން އެމަނިކުފާނަށްވެސް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ރައީސް ނަޝީދަކީ އެމަނިކުފާނުގެ އަމިއްލަ ހައިސިއްޔަތުގައިވެސް ވަރުގަދަ ބާރެއްކަމަށެވެ. އެހެންކަމުން ޕްރައިމަރީގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އާއި ދެމެދު އިތުރުފުޅު ހައްދަވައި ބަލި ގަބޫލު ކުރައްވަން ދެކޮޅޮ ހަދަމުންދާތީ، އެމްޑީޕީއަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ނުކޮށް ނުދާނެކަމަށް އެނާ ވިދާޅުވިއެވެ. އަދި މިއީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ނިމުމުގެ ފެށުންކަމަށް ވެދާނެކަން ރައީސް ނަޝީދަށް ފަހުމް ނުކުރެއްވޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: