ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީފ،ް މުއިއްޒަށް: 21 މިލިއަން ރުފިޔާގެ ބިލުތައް ދައްކާ، ނޫނީ އަދިވެސް ކަރަންޓު ކަނޑާނަން!

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް/ ފޮޓޯ: ސިޓީ ކައުންސިލް، ސްޓެލްކޯ މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރެސްތައް ބާއްވައި ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތްތަކަށް ވާހަކަ ނުދައްކައި، ސިޓީ ކައުންސިލުން ކަރަންޓު ބިލަށް ދައްކަން ޖެހޭ 21 މިލިއަން ރުފިޔާ ސްޓެލްކޯއަށް ދެއްކުމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައިފި އެވެ.

ސިޓީ ކައުންސިލުން ކަރަންޓު ބިލުތައް ނުދައްކާ މައްސަލައިގައި، ޝަރީފް މިއަދު މީޑިއާތަކަށް ވިދާޅުވީ ޕްރެސް ކޮންފަރެންސްތައް ބާއްވައި އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ދެއްކުމުގެ ބަދަލުގައި ފައިސާ ދެއްކުމަށް ގޮވާލާކަމަށެވެ. ކައުންސިލުން، ކުންފުންޏަށް ދައްކަން ޖެހޭ 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިއިރު ބިލުތައް ދައްކަން ދެކޮޅު ހަދާ ސަބަބައި މެދު ސުވާލު އުފައްދައި ޝަރީފް ވިދާޅުވީ ދައުލަތުގެ އެހެން މުވައްސަސާތަކުން ވެސް ބިލު ނުދައްކާކަމަށް ބުނެ ބަހަނާ ދައްކަން ޖާގައެއް ނެތް ކަމަށެވެ.

ޝަރީފް ވިދާޅުވީ ކުރިން ދައްކަން ހުރި ފައިސާތަކާއި ގުޅޭ މަޝްވާރާ ބައްދަލުވުންތައް ކުރިޔަށް ގެންގޮސް ހައްލެއް ގެނެވުނު ކަމަށެވެ. ނަމަވެސް، ވާހަކަ ދެކެވުނު ގޮތަށް ބިލުތަކަށް ސިޓީ ކައުންސިލުން ފައިސާ ނުދައްކާކަން ޝަރީފް ފާހަގަކުރެއްވި އެވެ. އެ މައްސަލައިގެ ތަފްސީލު ހިއްސާކޮށް ޝަރީފް ވިދާޅުވީ ޖުމްލަ 16 މިލިއަން ރުފިޔާ ނުދައްކައި ހުރުމުގެ ސަބަބުން ފައިސާ ދެއްކުމަށް ކައުންސިލަށް 2022، ގެ ޖެނުއަރީ މަހު އެންގި ކަމަށެވެ.

އެހެންވެ، އެއްބަސްވުމެއް ހަދައި ހަތް ބަޔަކަށް ބަހާލައިގެން ދެއްކުމަށް ނިންމި ނަމަވެސް މިއަދާއި ހަމައަށް އައިއިރު އެ ފައިސާ ވެސް ލިބިފައި ނުވާކަމަށް ޝަރީފް ވިދާޅުވި އެވެ. ޖުމްލަ 21 މިލިއަން ރުފިޔާ މިހާރު ދައްކަން ޖެހެނީ މި މައްސަލައިގައި ހިމެނޭ ފައިސާ އާއި، ޖުރިމަނާތައް އެއްކުރުމުންނެވެ.

”ފައިސާ ނުދައްކާތަނުގައި، ސިޓީ ކައުންސިލުން ކުރަމުން ދަނީ ޖެއްސުން“ ޝަރީފް

އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ޝަރީފް ވިދާޅުވީ، ސިޓީ ކައުންސިލުން ފައިސާ ދެއްކުމަށް އެންގުމުން މިއީ ޒާތީކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމެވެ. އަދި ދައުލަތުގެ އެހެން އިދާރާތަކާއި، ބައެއް ކުންފުނިތަކުން ވެސް މިލިއަނުން ފައިސާ ނުދައްކައި ހުރިކަމަށް ބުނެ ޖަވާބު ދެމުން ގެންދާކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ އެއީ ބިލުތައް ދެއްކުމަށް ދެކޮޅު ހަދަން ކައުންސިލަށް އޮތް އުޒުރެއް ނޫން ކަމަށެވެ.

އެކި ގޮތްގޮތުން ސްޓެލްކޯއަށް ލިބެން ޖެހޭ ކަރަންޓު ބިލުތަކުގެ ފައިސާތައް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު އެތަނަކަށް އަންގަން ޖެހޭ އެންގުންތަކާއި އެކު ނޯޓިސް ފޮނުވަމުން ދާކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެކަން އާއްމުކޮށް ހާމަކުރާކަމަށް އިޝާރާތްކޮށް މިސާލެއްގެ ގޮތުގައި ދައުލަތުގެ މީޑިއާ ޕީއެސްއެމާއި، ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޝަރީފް ފާހަގަކުރެއްވި އެވެ. މިހާރު ދެ ތަނާއި ވެސް ވާހަކަ ދައްކައި، ފައިސާ ދެއްކޭނޭ ގޮތްތައް ހޯދަމުން ގެންދާކަމަށް ޝަރީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އެހެންކަމުން، އެހެން އިދާރާތްތަކުގެ ފަރާތުން ވެސް ދިމާ ނުވާ ޖެއްސުންތަކާއި އުނދަގޫ ކުރުންތައް ހަމައެކަނި ސިޓީ ކައުންސިލުން ދިމާވާން ވީ ސަބަބާއި ގުޅޭގޮތުން ޝަރީފް ސުވާލު އުފެއްދެވި އެވެ. މިއީ އެއްވެސް ހާލަތެއްގައި އޭނާ އާއި، ޑރ. މުއިއްޒާއި ދެމެދު އޮތް މައްސަލައެއް ނޫންކަމަށާއި ކައުންސިލަކުން ދައުލަތުގެ ކުންފުންޏަކަށް ކޮންމެހެން ވެސް ދައްކަން ޖެހޭ ފައިސާތަކެއްކަމަށް ޝަރީފް ތަކުރާރު ކުރެއްވި އެވެ.

”ހިދުމަތުގެ އަގު ދައްކަން ނުޖެހޭނެ އެއްވެސް ބަހަނާެއް ނެތް.. އެހެންވީމަ އަޅުގަނޑު މި ގޮވާލަނީ ސިޓީ ކައުންސިލަށް… ޕްރެސްތަކަށް އަރައި ފާޑުފާޑުގެ ވާހަކަތައް ދައްކާނެކަމެއް ނެތް… ބިލް ދައްކަވާ.. އަވަހަށް..“ ޝަރީފް

ކަރަންޓު ބިލުތަކުގެ މައްސަލައިގައި ”ސަންގު“ އިން ޝަރީފާއި ސުވާލު ކުރުމުން ވިދާޅުވީ އާންމު އުސޫލުން ކަރަންޓު ކަނޑާލަނީ ކަރަންޓު ބިލު ނުދައްކާތާ އެތައް ދުވަހެއް ފާއިތުވާ ފަހުން ކަމަށެވެ. އަދި ބިލުތައް ދެއްކުމަށް އެދި މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ފޮނުވި އެއްވެސް ސިޓީއަކަށް އެއްބާރުލުން ނުލިބުނުކަމަށް ވިދާޅުވި އެވެ.

އެހެންވެ އިތުރު ސިޓީއެއް ފޮނުވުމަށް ފަހު، އެއްބާރުލުން ނުދޭ ނަމަ ކަރަންޓު ކަނޑާލަން ޖެހިދާނެކަމުގެ އިންޒާރު ސްޓެލްކޯއިން ދިންކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ އެ ސިޓީ ފޮނުވުމަށް ފަހު ކަނޑާލާފައި ވަނީ އާންމު ރައްޔިތުންނަށް އެއްވެސް ކަހަލަ އުނދަގުލެއް ނުވާނެހެންކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ޝަރީފް ފާހަގަކުރެއްވީ، މިސްކިތްތަކާއި، މަގުމަތީ ބައްތިތަކުންނާއި އަދި މަސް މާރުކޭޓުފަދަ އާންމު ހިދުމަތްދޭ ތަންތަނުން ކަރަންޓު ކަނޑާފައި ނުވާނެކަމަށެވެ.

ކަރަންޓު ކަނޑާލައިފައިވާނީ ކައުންސިލަށް އާމްދަނީ ހޯދުމަށް ބޭނުންކުރާ ތަންތަނުންކަމަށާއި، އަދި އޮފީސްގެ ގޮތުގައި ބޭނުންކުރާ ތަންތަނުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: