ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މައިދާނަށް ނުކުންނަންޖެހުނީ، ބުރަ މަސައްކަތުން ހޯދި ހައްގުތައް ގެއްލިގޮސްފައިވާތީ: ޑރ ވަހީދު

ރައީސް ޔާމީން ރައީސް ވަހީދުއާއި ސަލާމް ކުރައްވަނީ : ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މައިދާނަށް ނުކުމެ ހުންނަވަން ޒަމީރު ގަބޫލު ނުކުރައްވާކަމަށާއި، އެގޮތަށް ކަން ދިމާވެފައިވަނީ ކުރައްވަމުން އައި ޑިމޮކްރެސީގެ މަސައްކަތްތަކަށް ބަޔަކު މީހުން ހުރަސްއަޅައި ހުއްޓުވާފައިވާތީކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ “ހޯޕް ކޮންފަރެންސް 2023” ގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޑރ ވަހީދު ވިދާޅުވީ، އެމަނިކުފާނު އަދި އެހެނިހެން ބޭފުޅުން ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެންތައް މިހާރު ނެތް އެއްޗަކަށް ވެފައިވާކަމަށެވެ. އަދި ތައުލީމީ ހަޔާތުގެ ތެރޭގައިވެސް ޑިމޮކްރެސީގެ އުސޫލު ދިވެހިންގެ ތެރެއަށް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރެއްވިކަމަށް ޑރ ވަހީދު ވިދާޅުވިއެވެ. ޑރ ވަހީދު ވިދާޅުވީ ސުކޫލު ޒަމާނަށް ފަހު މަގުތައް މައްޗަށް ނުކުމެ އެ މަސައްކަތްތައް ކުރިއަށް ގެންދަވާފައިވާނެކަމަށާއި އެ މަސައްކަތްތަކުގެ ތެރެއިން ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހުންކަމަށްވެސް ވިދާޅުވިއެވެ.

ޑރ ވަހީދު ވިދާޅުވީ، ދިވެހިންނާއި ހިސާބަށް ޑިމޮކްރެސީ އައިސްފައިވަނީ ދިގު ދަތުރަކަށްފަހުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޑޮމޮކްރެސީއަކީ ރައްޔިތުންގެ ފަރާތުން އަންނަ ރައްޔިތުންނަށް ލާބަ ހުރި ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ. އަދި އެކަންކަން ހާސިލު ކުރެއްވުމައްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން އައިސް މި ސަރުކާރުގެ ކުރިން އައި ހަތް އަހަރު ރައީސް ޔާމީން އަދި އެމަނިކުފާނުގެވެސް ވެރިކަން ކުރައްވާފައިވަނީ ޑިމޮކްރެސީގެ އުސޫލުގެ ދަށުންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އެކަންކަން ބަދަލުވެގޮސްފައިވާކަމަށް ޑރ ވަހީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިއަދު ދިވެހިންގެ ހައްގުތައް ގެއްލިފައިވާކަމަަށެވެ. އަދި ސިޔާސީ މައިދާނަށް އަލުން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ ހައްގުތައް ގެއްލިފައިވާތީކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަކީ ރައްޔިތުންގެ ހައްގުތަކާއިގެން ތެދުވެވަޑައިގެން ހެޔޮ ވެރިކަމެއް ކުރެއްވުމަށް މަސައްކަތްކުރެއްވި ޒައީމެއްކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު މިއަދު ހުންނެވި ޖަލު ހުމެއް ތަންފީޒު ކުރައްވަންކަމަށާއި އެއީ އިދިކޮޅުގެ ކޮންފަރެންސްއަށް ލިބިގެންދާ ހިތާމައެއްކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: