ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުންތަކެއް!

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާގޮތުން، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް އައިސްފައިވަނީ 94،261 ފަތުރުވެރިންނެވެ. އަދި 2022 ވަނަ އަހަރުގެ އެ ހިސާބަށް 136،146 ފަތުރުވެރިން އައިސްފައިވާކަމަށް މިނިސްޓްރީއިން ބުނެފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 178،159 ފަތުރުވެރިންކަމަށް ފާހަގަކޮށްފައިވެއެވެ.

އެ މިނިސްޓްރީއިން ވަނީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ މާކެޓު ނުވަތަ ގައުމުވެސް ފާހަގަކޮށްފައެވެ. 2022 ވަނަ އަހަރުގެ ތެރޭގައި އެންމެ ގިނައިން ދިވެހިރާއްޖެއަށް އައިސްފައިވަނީ އިންޑިއާ މާކެޓުންކަމަށްވާއިރު، 2023 ވަނަ އަހަރުގެ ތެރޭގައި އެންމެ ގިނަކަމަށް ބުނެފައިވަނީ ރަޝިއާ މާކެޓުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނެވެ. މި އަހަރު ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާކަމަށް އަދި ދައްކަނީ އިންޑިއާއިންނެވެ.

މިނިސްޓްރީއިންވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެހެނިހެން ތަފާސް ހިސާބުތައްވެސް ޝާއިއުކޮށްފައެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ރިސޯޓު، ސަފާރީ، ހޮޓެލް އަދި ގެސްޓް ހައުސް ހިމަނައިގެން ޖުމުލަކޮށް 1،222 ވިޔަފާރިއެއް ކުރެވެމުންދާކަމަށާއި ޖުމުލަކޮށް 60،736 އެނދު ހުރި އިރު، އޮޕަރޭޝަނަލްކޮށް މި ވަގުތު ހުރީ 59،840 އެނދު ކަމަށް ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ހާމަކޮށްފައިވާއިރު، މީގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދިޔަ އެއް ގައުމުކަމަށްވާ ޗައިނާވަނީ އަހަރުތަކެއް ލޮކްޑައުންގައި އޮތުމަށްފަހު އަލުން އަނބުރާ ހުޅުވާލާފައެވެ. މިހާރު ރާއްޖެއަށް އަނެއްކާ ޗައިނާގެ ފަތުރުވެރިން އަންނަން ފަށާފައިވާއިރު، ސިނާއަތަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށް މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: