ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުގެ ކުރިމަތީގައި އެންމެވެސް ހަމަހަމަކަން ރައީސް ޔާމީން ސާބިތުކޮށްދެއްވި: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެތައް ބަގާވާތެއް ކުރިއިރުވެސް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގާނޫނީ ވެރިކަމެއް ދެމެހެއްޓެވިކަމަށާއި، އާއިލީ ބޭފުޅުންނަށްވެސް ބެއްލެވުމެއް ނެތި ގާނޫނުގެ ކުރިމަތީގައި އެންމެވެސް ހަމަހަމަވާނެކަން އެމަނިކުފާނު ސާބިތުކޮށްދެއްވިކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ “ހޯޕް ކޮންފަރެންސް 2023” ގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީންއަކީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވި ބޭފުޅެއްކަމަށެވެ. އެގޮތުން އިގްތިސާދީ ގޮތުންވެސް އެފަދަ ސިޔާސަތުތަކެއް ގެންގުޅުއްވިކަމަށާއި ހާއްސަ ގޮތެއްގައި “މެކްރޯ ލެވެލް” އެއްގައި ގެންގުޅުއްވިކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ހުޅުމާލެ އަދި މާލެ ގުޅާލުމަށް ބިނާކުރެވިފައިވާ ބުރިޖަކީ ރައްޔިތުން ގުޅާލައި އިގްތިސާދު އެތައް މިނަކަށް ފުޅާކުރުމަށް މަގުފަހިކުރި ވަސީލަތެއްކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫޢުތައްވެސް އެއީ ރައީސް ޔާމީން މަގުފަހިކޮށްދެއްވިކަންކަން ކަމަށެވެ. އަދި ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތަށް ލޯނު ފެސިލިޓީވެސްވެސް ތައާރަފް ކޮށްދެވިކަމަށާއި ބޯހިޔާވެހިކަމުގެ ދަށުން ހިޔާ ފްލެޓުތައްވެސް ބިނާކޮށްދެއްވިކަމަށް ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، ރައީސް ޔާމީންއަކީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލައްވަމުންވެސް ގާނޫނީ ވެރިކަން ދެމެހެއްޓެވި ބޭފުޅެއްކަމަށެވެ. އަދި ގާނޫނުގެ ކުރިމަތީގައި އެންމެވެސް ހަމަހަމަކަން އެމަނިކުފާނު ސާބިތުކޮށްދެއްވިކަމަށްވެސް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ސަލާމަތީ ހިދުމަތްތައް އެއްވެސް ވަރަކަށް ސިޔާސީ ކަންކަމުގައި ޝާމިލު ނުވާކަމަށެވެ. އަދި އެފަދަ މުއައްސަސާތަކަކީ ގާނޫނުގައި ވާގޮތުގެމަތިން ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިދުމަތުގައި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކަން ކަށަވަރު ކުރުމުގު ޒިންމާތައް އުފުލާ ބައެއްގެ ގޮތުގައި ހެއްދެވުމަށްވެސް އެމަނިކުފާނު މަސައްކަތްކުރެއްވިކަމަށް އެނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވިކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އެނާ އަދި އެއްވެސް ސިފައިންގެ ބޭފުޅަކަށްވެސް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަށް ފުރުސަތު ލިބިގޮސްފައިނުވާނެކަމަށެވެ.

އެނާ ވިދާޅުވީ، މިހާރު ސަލާމަތީ ހިދުމަތްތައް އޮތީ ވަރަށް ބޮޑަށް ސިޔާސީ ކޮށްފައިކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، މިއަދު ދިފާއީ ވަޒީރެއްގެ ގޮތުގައި ހުންނެވީ ގާނޫނުއަސާސީގެ މައްޗަށް ކޮޅުފައިން އެރުއްވި ބޭފުޅެއްކަމަށެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސްއެއްގެ މަގާމުގައި ހުންނެވީ އަސްކަރިއްޔާގައި ބަގާވާތް ކުރުމުގެ ސަބަބުން ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި މަގާމުން ވަކި ކުރުމަށްފަހު އެތައް އަހަރެއް އަސްކަރިއްޔާއިން ބޭރުގައި ހުންނެވި ބޭފުޅެއްކަމަށް އެނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، މޯލްޑިވްސް ޕޮލިސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އެ މުއައްސަސާގެ ތެރޭގައި ހުންނަވައިގެން ސިއްރު މައުލޫމާތުތައް ހާމަކުރި މައްސަލަ އަދި އިތުރު ނޭދެވޭ އަމަލުތަކެއް ހިންގުމުގެ ސަބަބުން އެ މުއައްސަސާއިން ބޭރުކޮށް އެތައް އަހަރެއް ހުންނަވާފައިވާ ބޭފުޅެއްކަމަށް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، މިއަށް ވުރެ ބޮޑަށް ތަނެއް ސިޔާސީ ނުކުރެވޭނެކަމަށެވެ. އަދި މިހުރިހާ ކަމެއްގެ އިތުރުން ރާއްޖޭގެ ހާރިޖިއްޔާ އަދި އިގްތިސާދުވެސް ދިވެހިން އަތުން ބީވެގެންދާ މަންޒަރު ފެނިގެންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިސަރުކާރުންވެސް އެދަނީ ޤާނޫނުކުރިމަތީ އެންމެން ހަމަހަމަވާނެކަން ސާބިތުކޮށްދެމުން، ދައުލަތުން ވައްކަންކޮށްފަ ފިލާނޯވެވޭނެކަން، އަދި މަޖިލިސް މެމްބަރުންގެ ދަތްދޮޅިދުއްވާލަންބުނި މީހާގެ މައްސަލަތައް ކުރިއަށްއޮތީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: