ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ލީޑަރުން ބައިވެރިވި، “ބުންވަރު” ހިނގާލުމަށް ބޮޑު ތަރުހީބެއް!

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އިން އިންތިޒާމް ކޮށްގެން މާލޭގައި ބުންވަރުގެ ނަމުގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.

އިދިކޮޅުގެ ހިނގާލުމުގައި ޕީޕީއެމް އާއި ޕީއެންސީގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ހިނގާލުމުގައި ވަނީ ބައިވެރިވެފައެވެ.

މިއަދު ކުރިއަށްދިޔަ ހިނގާލުމަކީ މިއަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން އަށް ކާމިޔާބު ކޮށްދިނުމަށް ކުރިއަށްގެންދާ ހޯޕް ކޮންފަރެންސްގެ ތެރެއިން ކުރިއަށް ދިޔަ ހަރަކާތެއް ކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ ހިނގާލުމުގައި ރައީސް ޔާމީން މިނިވަންކުރުމަށް ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރުމާއި ގުޅިގެން އިދިކޮޅުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ސިލްސިލާ މުޒާހަރާތަކެއް މާލޭގައި ކުރަމުންނެވެ. އެގޮތުން ހޯޕް ކޮންފަރެންސް ފެށުމުގެ ކުރިން ކޮންމެ ރެއަކު ހެން އިދިކޮޅުގެ މުޒާހަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވަނީ ސިޔާސީ ހުކުމެއް ކަމަަށް އިދިކޮޅާއި ރައީސް ޔާމީންގެ ވަކީލުން ތުހުމަތުކުރެއެވެ. އެހެންކަމުން އިދިކޮޅުން ބުނަމުން ގެންދަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވަނީ މަނީ ލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލުކުރި ކަމުގެ ދައުވާއެވެ. އެދެދައުވާ ވެސް ވަނީ އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: