ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ އިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ނިންމައިފި

އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ ފަރާތުން ހިއްސާދާރުންނަށް ހިއްސާ އަކަށް 3.04 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.

އުރީދޫގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ދޭނެ މިންވަރު ނިންމާފައިވަނީ ކުންފުނީގެ ބޯޑު ބައްދަލުވުމުގައެވެ.

އުރީދޫން ބުނިގޮތުގައި މިދިޔަ އަހަރުގެ ހިއްސާ ލިބޭނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ހިއްސާދާރުންގެ ގޮތުގައި ތިބޭ ފަރާތްތަކަށް ކަމަށެވެ.

އުރީދޫގެ ބޯޑް މެމްބަރުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މިދިޔަ އަހަރުގެ މާލީ ހިސާބުތައްވެސް ވަނީ ފާސްކޮށްފައެވެ. އަދި އެ ހިސާބުތައް މި މަހުގެ ހަތްވަނަ ދުވަހުގެ ކުރިން ވެބްސައިޓްގައި ޝާއިޢު ކުރާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫ މޯލްޑިވްސްގެ 90.05 އިންސައްތަ ހިއްސާދާރަކީ ވަތަނިއްޔާ އިންޓަރނޭޝަނަލް އެވެ. އަދި 5.64 އިންސައްތަ ހިއްސާދާރަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެވެ.

މީގެ އިތުރުން 3.86 އިންސައްތަ ހިއްސާދާރުންނަކީ އެހެނިހެން ފަރާތްތައް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: