ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިނގާލުން ބާއްވައިގެން ރައީސް ޔާމީން މިންޖެއްނުކުރެވޭނެ: އިބްރާހިމް ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް/ ފޮޓޯ: ރައީސް ސޯލިހު ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތްތަކުން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިނިވަންކުރެވެނޭކަމަށް ބެލުމަކީ “ހެއްވާ” ކަމެއް ކަމަށް މަޖިލީހުގެ އަައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ވ އާރަށު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ކުރެވިފައިވާ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބަލައިނުގަންނަކަމަށް ބުނެ، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުންވަނީ މާލޭގައި ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ. އިދިކޮޅުގެ ހަރަކާތަށް އަލިއަޅުއްވައި ޝަރީފް ވިދާޅުވީ، ހިނގާލުމެއް ބާއްވައިގެން މުޒާހިރާކޮށްގެން ޖަލު ހުކުމެއް ތަންފީޒު ކުރާ މީހެއް މިންޖުވެދާނެކަމަށް ބެލުމަކީ ވަރަށް “ހެއްވާ” ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމްއަށް އޮތީ އެންމެ ގޮތެއް ކަމަށެވެ. އަދި އިދިކޮޅަށް ޖެހޭނީ ކޯޓަށް ގޮސްގެން ރައީސް ޔާމީންގެ މައުސޫމުކަން ސާބިތުކޮށްދޭންކަމަށް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ޕީޕީއެމްގެ އިސްވެރިންނަށް އިތުރު މަގެއް ނެތްކަމަށެވެ. އަދި އިންސާފުގެ މަގަކީވެސް އެއީކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: