ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްފައިސާ މެދުވެރިކޮށް ސްކޫޕީ ސައިކަލެއް ހޯދުމުގެ ފުރުސަތު!

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސް އާއި ކިންގްސްޓަން މޯލްޑިވްސް ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލުން ހާއްސަ ޑިސްކައުންޓް އޮފާއެއް ލޯންޗްކޮށްފިއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ކިންގްސްޓަން ޝޯރޫމުން ސްކޫޕީ 2023 މޮޑެލް ސައިކަލަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް 11،899 ރުފިޔާ ގެ ޑިސްކައުންޓެއް ލިބިވަޑައިގަންނަވައެވެ. މި އޮފަރ ކުރިއަށް ދާނީ 10 ފެބްރުއަރީ 2023 ގެ ނިޔަލަށެވެ. މި އޮފަރ ގެ ދަށުން ބައްލަވައިގަންނަ ސައިކަލް ކަސްޓަމަރުނަނަށް 99 ދުވަސް ތެރޭ ކިންގްސްޓަން އިން ޑެލިވަރ ކޮށްލަދޭނެއެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ އެފްއެސްއެމް ޕެޓްރޯލް ސްޓޭޝަންތަކުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމުން އިން ސްކޫޕީ ސައިކަލެއް ލިބޭހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. 14 މެއި 2023 ގެ ކުރިން އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް:

އުރީދޫ އެޕް ޑައުންލޯޑްކުރެއްވުމަށްފަހު އެމްފައިސާ ހިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަން އަށް ފިއްތަވާލެއްވުމަށް ފަހު މައުލޫމާތު ފުރިހަމަ ކުރުމަށްފަހު އެކައުންޓް އެކްޓިވޭޓް ކުރުމާއެކު ލިބޭ އޯޓީޕީ ނަމްބަރު ޖެހުމަށް ފަހު މޮބައިލް ނަމްބަރު ޖެހުމަށް އުރީދޫ އިން އިރުޝާދު ދީފައިވެއެވެ. އަދި މޮބައިލް ނަމްބަރު ޖެހުމަށްފަހު ހަތަރުއަކުރުގެ ޕިން ނަމްބަރެއް ޖެހުމަށްފަހު ދެވަނަ ފަހަރަށް މޮބައިލް ނަމްބަރު ޖެހުމަށް ފަހު ކުރިން ޖެހި ޕިން ނަމްބަރު ޖެހުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖެހުމަށްފަހު ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެ އެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބަރ މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބުމުގެ އިތުރުން ޕާޓްނަރ މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފަރ ތައްވެސް ލިބިގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: