ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެސީގެ ނަމުގައި އައިސް ކުރަމުންދަނީ ހުދުމުހުތާރު ވެރިކަމެއް: މެމްބަރު ހުސައިން

މެމްބަރު ހުސައިން މުހައްމަދު ލަތީފް: ފޮޓޯ/ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރަޕިއަން ޔުނިއަންއަށް މަސްކިރުން ހުއްޓުވާލުމުގެ ފަހަތުގައި ތިއްބެވީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަމަށް މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ “ދުއްޕާން” ޖަލްސާގައި ވާހަކަދައްކަވަމުން ހުސައިން ވިދާޅުވީ، މަސްވެރިންގެ އަގުވަޒަން ކުރާކަމަށް ބުނުމުން އެކަން ހާސިލު ނުކުރެވޭކަމަށެވެ. އެނާ ވިދާޅުވީ، މަސްވެރިން ވިސްނާލައްވަން ޖެހިފައިވާކަމަށެވެ. އަދި ޔޫރަޕިއަން ޔުނިއަނަށް މަސް ކިރުމުގެ މަސައްކަތްތައް ހުއްޓުވުމަކަށް ގެނައުމުގެ ފަހަތުގައި ހުންނެވީ ރައީސް ނަޝީދު އަދި ރައީސް ސާލިހުކަމަށް އެނާ ފާހަގަކުރެއްވިއެވެ. ހުސައިން ވިދާޅުވީ، ޗާގޮސް ވިއްކާލައި ޑީލެއް ހެދުމަށްފަހު މަސްވެރިން ބާނާ މަހުގެ އަގު އުފުލަން މަސައްކަތް ކުރާކަމަށް ބުނުމުން ދިވެހި މަސްވެރިން އެ ވާހަކަތައް ގަބޫލު ނުކުރައްވާނެކަމަށެވެ.

ހުސައިން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމެއްގައި މަސްވެރިން ބާނާ މަހުގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް އެމަނިކުފާނު ހޯއްދަވައިދެއްވާނެކަމަށެވެ. އެނާ ވިދާޅުވީ، ރައީސް ޔާމީން އަކީ ވަގުތީ ހައްލެއް ގޮތުގައި ލޯނު މެދުވެރިކޮށް ނަރުދަމާ ނިޒާމު ގާއިމު ކުރައްވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި އެމަނިކުފާނުގެ ތަސައްވަރު މީޒާން ކުރަނީ ބޮޑެތި ގައުމުތަކުގެ ތަރައްގީއާއި އެއްފަދަ ގޮތެއްގެ މަތިންކަމަށްވެސް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރައީސް ޔާމީން މަސައްކަތް ކުރެއްވީ ފްރީ ޓްރޭޑް އެގްރީމެންޓެއްގެ ދަށުން ދިވެހި މަސްވެރިކަމުގެ ސިނާއަތު މުޅި ދުނިޔެއަށް ހުޅުވާލެއްވުމަށްކަމަށެވެ. އެހެންނަމަވެސް ރައީސް ސާލިހު ކުރިމަތިކުރެއްވި ގޮންޖެހުންތަކެއްގެ ސަބަބުން އެކަން ހުއްޓިފައިވާކަމަށް ހުސައިން ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ރައީސް ޔާމީން އެނބުރިވަޑައިގެން މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތަކެއް ހޯއްދަވައިދެއްވާނެކަމަށެވެ.

ރައީސް ސާލިހުގެ ސަރުކާރުން ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާކަމަށް ސިފަކުރައްވާ ވާހަކަދައްކަވަމުން، ހުސައިން ވިދާޅުވީ، ތަރައްގީގެ ވަސީލަތްތައް ނިގުޅައިގަންނަމުންދަނީ ކޮން ބައެއް ކަމާއިމެދު ވިސްނާލަންޖެހިފައިވާކަމަށެވެ. އަދި ހުޅަނގުގެ އަވައިގައި ޖެހި ޑިމޮކްރެސީގެ ނަމުގައި ދިވެހިރާއްޖެއަށް އައިސް އުޅެނީ ކޮން ބައެއް ކަމާއިމެދުވެސް ވިސްނާލަންޖެހިފައިވާކަމަށް އެނާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ޑޮމޮކްރެސީގެ ނަމުގައި އައި ބަޔަކު ކުރަމުންދަނީ ހުދުމުހުތާރު ވެރިކަމެއްކަމަށާއި ރައީސް ސާލިހުގެ ސަރުކާރުން ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމަށްވެސް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، އެކަން ކުރަމުންދަނީ ރައީސް ޔާމީންއަށް އަނިޔާތަކެއް ދިނުމުގެ ބޭނުމުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: