ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި ކަންތައްތައް ވެގެންދިޔައީ ވަރަށް ޑިކްޓޭޓަރޝިޕް ސިފައެއްގައި: އާދަމް ޝަރީފް

މިއަދުގެ މުޒާހަރާގެ ތެރެއިން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު "ސަންގާއި" ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރައްޔިތުންގެ މަޖިލީހުގައި ކަންތައްތައް ވެގެންދިޔައީ ވަރަށް ޑިކްޓޭޓަރޝިޕް ސިފައެއްގައިކަމަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ރިޔާސަތުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ފުރުސަތު އެރުވުމާއިއެކު މަޖިޅިހުގައި ތިއްބެވި އިދިކޮޅު ތަމްސީލު ކުރައްވާ މެންބަރުން ވަނީ ރިޔާސީ ބަޔާނަށް ހުރަސް އަޅާފައެވެ. އަދި ރައީސް ސާލިހުގެ އިސްތިއުފާއަށްވެސް ގޮވާލިއެވެ. އެއާއިއެކު ރިޔާސަތުން ވަނީ އެ އަމަލު ހިންގި މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ޗެމްބަރުން ވަޑައިގެންނެވުމަށް އަންގަވާފައެވެ. މެންބަރުން މިކަމަށް ދެކޮޅު ހެއްދެވުމާއިއެކު ސެކިއުރިޓީއިން ވަނީ ގަދަކަމުން މެންބަރުން ތަޅުމުން ބޭރުކޮށްފައެވެ.

އެކަމާއި ގުޅިގެން އެތައް ކަންބޮޑޫވުންތަކެއް ފާޅުކުރުމަށްފަހު، މަޖިލީސް ދޫކުރައްވާ އިދިކޮޅުގެ މެންބަރުން ވަނީ ޕީޕީއެމް އިން ކުރިއަށް ގެންދިޔަ މުޒާހަރާ އާއި ގުޅިފައެވެ. އޭގެ ތެރޭގައި ޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ތިއްބެވިއިރު، އާދަމް ޝަރީފް ”ސަންގާއި“ ވާހަކަދައްކަވަމުން ވިދާޅުވީ މިއަދަކީ މަލްޓި ޕާޓީ ޑިމޮކްރަސީގައި ރާއްޖޭގައި ކަޅު ދުވަހެއްކަމަށެވެ. އަދި ވިދާޅުވީ މިއަދު މަޖިލީހުގައި އެބޭފުޅުން ތިއްބެވީ ވަރަށް ޒިންމާދާރުކަމާއިއެކު ސަރުކާރު ޖަވާބުދާރީކުރުމަށްކަމަށެވެ. އަދި ނުހައްގުން އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމާއިމެދު އެބޭފުޅުންގެ ހުރި ޝުއޫރުތައް ފާޅުކުރުމަށް އެބޭފުޅުން ތިއްބެވީ މަޑުމައިތިރިކަމާއިއެކުގައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމުގެ ކުރިން އިދިކޮޅުގެ މެންބަރުން މަޖިލީހުން ބޭރުކޮށްފިކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، މެންބަރުން ނެރުމުގައި ފުރަތަމަ ހަރަކާތްތެރިވީ އަންހެން ކަބަލުންކަމަށެވެ.

އަންހެން ކަނބަލުން ވަޑައިގެން ހަމަ އަޅުގަނޑުމެންގެ އަތްޕުޅުގައި ހިތްޕަވާ އަދި އޭގެ ފަހުން ހަމަ އެމީހުން ކޮށްޕާލާ އެތައްކަމެއް ކުރަމުންދިޔަ.

އިދިކޮޅުގެ މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށްޓަކައި އަމަލުތައް ބެހެއްޓެވީ އެންމެ އެދެވޭ ގޮތުގައި ނޫންކަމަށް އާދަމް ޝަރީފް ސިފަކުރެއްވިއެވެ. އެގޮތުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ތުރުކުރައްވައިގެން ހުންނެވި ކޯޓު އިރައިގެން ގޮސްފައިވާކަމަށް ފާހަގަކުރެއްވިއެވެ. އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އޭގެ އިތުރުން ޖިސްމާނީ އަނިޔާވެސް ލިބިފައި އެބަހުރިއެވެ.

އެއަށްފަހު މަޖިލީހުގެ ތަޅުމަށް ވަންނަން މަސައްކަތްކުރުމުންވެސް އެ ފުރުސަތު ނުދިންކަމަށް ވިދާޅުވިއެވެ. އަދި ރިޔާސީ ބަޔާން އަޑުއެހުމުގެ ފުރުސަތު ތަޅުމުން ބޭރުގައިވެސް ނުދިންކަމަ ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ކަންތައްތައް ވެގެންދިޔައީ ވަރަށް ޑިކްޓޭޓަރޝިޕް ސިފައެއްގައިކަމަށެވެ. އަދި މަޖިލީސް ފެނިގެން ދިޔައި ވަރަށް ހުދުމުހުތާރު އަދި ނިޔާވެރިކޮށްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ގާނޫނުގައިވާގޮތުންނަމަ މި ބަޔާނަށް އިދިކޮޅުން ޖަވާބުދާރީވާންޖެހޭނެކަމަށެވެ. އެހެން ނަމަވެސް މިއަދު ކަން ކުރެއްވި ގޮތުން އެކަން ކުރުމަށް ވަރަށް އުދަގޫވާނެކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ ކުރީގައި މަޖިލީހުގެ ގަވާއިދުތަކާއި ހިލާފުވެގެން މަޖިލީހަށް ބޮޑެތި ގެއްލުންދިނުމުން ސިފައިން ވަދެ، މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހައްޓާ ފިޔަވަޅު އެޅުމުން އެކަމަށް މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ފާޑު ވިދާޅުވިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަނިޔާވެރި 5އަހަރު މަޖިލިސްއިންފެނުނީ ޑިކްޓޭޓަރޝިޕްގެ ޕޮރޯވައްތަރޭތޯ ތިވިދާޅުވަނީ، މަޖިލިސްމެމްބަރުން ފާރުމަތިންއުކާ، ދަމާކޫއްތާފަ މަޖިލިސްއިންނެރުމާ، ވެރިމީހާ އިނގިލި ދަށައްޖެހުމާ…… ދަތްދޮޅި ދުއްވާލަންބުނުމާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: