ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަމީނީ މަގު ނިމޭނެ: އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގުގެ މަސައްކަތްތައް ނިންމުގެ ތާރީހު ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ބަދަލު ކޮށްފައިވާކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، އެންމެ ފުރަތަމަ އަމީނީ މަގު ނިންމުމަށް ކަނޑައެޅިފައިވަނީ ފެބްރުއަރީ މަހުގެ ތެރެއަށް ކަމަށެވެ. އެހެންނަމަވެސް އެމްޑަބްލިއުއެސްސީއަށް ބޭނުންވާ ތަކެތި ހޯދުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން އެ ތާރީހު ފަސްކުރަން ޖެހުނުކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަމީނީ މަގު ނިމިގެންދާނެކަމަށެވެ. އަދި އިތުރު މަގެއް ހެދުމަށް އާރްޑީސީއާއިއެކު އެއްބަސްވުމެއްގައި ސޮއި ކުރެވިފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އިތުރު މަގުތަށް ހެދުމަށް ސަރުކާރުގެ ޕްލޭނެއް އޮތް ކަމަށާއި އެ އެއްބަސްވުންތަކުގައި ސޮއި ކުރެވިފައިނުވާކަމަށް ވިދާޅުވިއެވެ.

އަސްލަމްގެ ވާހަކައާއި އެކު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އެނާ ވިދާޅުވީ، ކުރެވިފައިވާ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާކަމަށެވެ. އެގޮތުން އަމީނީ މަގުގެ މަސައްކަތްތައް ކުރެވެމުންދަނީ ކޮންސަލްޓަންޓުގެ ލަފާއާއި އެއް ގޮތް ވާގޮތުގެ މަތިންތޯ އާއި މާލޭގެ މަގުތައް ހެދުމަށް ބޭނުންވާ އެންމެހާ މެޓީރިއަލް ރާއްޖެ ގެނެވިއްޖެތޯ އަދި މި ދައުރު ނިމިގެންދާއިރު ހަދާ ނިންމާނީ ކިތައް މަގުތޯ ކުރެވުނު ސުވާލުތަކަށް ޖަވާބެއް ނުލިބޭކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަންގެ ވާހަކަތަކާއިއެކު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ، މެމްބަރުންގެ ސުވާލުތަކަށް ސާފު ޖަވާބު ދެއްވުމަށާއި، އިތުރު ވާހަކަތައް މަދުކުރެއްވުމަށް މިނިސްޓަރު އަސްލަމްއަށް އިރުޝާދު ދެއްވާފައެވެ. އަސްލަމް ވިދާލުވީ، ޖަވާބު ދިނުމުގައި ގާބިލުކަން ހުރި މިންވަރަކުން ޖަވާބުދެއްވަމުންދާކަމަށެވެ.

އަސްލަމްއަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، ޖަވާބު ދިނުމުގައި ތެދު ޖަވާބު ސާފު ބަހުން ދެއްވުމުން ނިމުނީކަމަށެވެ. އަދި ޖަވާބު ދިނުމުގެ ތެރެއަށް އަސްލަމްގެ ގާބިލުކަން ވަނުމަކީ ބޭނުންތެރިކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިރުޝާދުތަކަށް ރައްދު ދެއްވަން ނެތްކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ. އެނާގެ ވާހަކަތައް ކުރިއަށް ގެންދެވުމަށް މަސައްކަތްކުރައްވަނިކޮށް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ.

އެނާ ވިދާޅުވީ، ވަޒީރުން ގެނައުމަށްފަހު “ހާރުވާ ރޭރުކުރަން” އުޅުއްވާކަން ފާހަގަކުރެއްވޭކަމަށެވެ.

ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، މާލޭގެ މެރިން ޑްރައިވްގެ އުތުރު ފަރާތުގައި މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާކަމަށް އެނާ ދަންނަވާފައިވާކަމަށެވެ. އަދި އިތުރަށް މި ދައުރުގެ ތެރޭގައި މަސައްކަތްތަކެއް ކުރުމަށް ގަސްތުކޮށްފައިވަނީ އެ މަގުގައިކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތްތައް ކުރުމުގެ ތެރެއިން އެންމެ ފުރަތަމަ ސްޓޭޖުގައި ބޭނުންވާ ހުރިހާ މެޓީރިއަލްއެއް ނުގެންނަކަމަށެެވެ. އަދި އެގޮތަށް ނުކުރަނީ ކޮންޓްރެކްޓަށް ފައިސާ ދެނީ މެޓީރިއަލް ގެނައުމުން ނޫންކަމަށް ވުމުންނާއި ފައިސާ ދެނީ މަސައްކަތްތައް ނިމޭ ވަރެއްގެ މައްޗަށް ބިނާކޮށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: