ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިރުޝާދު ދިނީ ޓެކްސް ބޮޑުނުކޮށް ދައުލަތުގެ އިސްރާފު ކުޑަކުރުމަށް: ވަހީދު

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް ބޮޑުނުކޮށް ދައުލަތުން ކުރާ ބޭކާރު ހަރަދުތައް ކުޑަކޮށްގެން ދައުލަތުގެ އާމްދަނީ ދެކޮޅު ޖައްސަން  ލަފާދިން ނަމަވެސް ސަރުކާރުން އެއަޑު ނޭހިކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ވަހީދު ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށްގޮސްފައި އޮތް މި ދަނޑިވަޅުގައި މިސަރުކާރުގެ މަތިބަރުކަން ދެމެހެއްޓުމަށް ސަރުކާރުގެ ރިކަރަންޓް ހަރަދު ބޮޑުކުރުމަށް ޓެކްސް ނަގާތީ ކަންބޮޑުވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ޓެކްސްގެ ބިލު ފާސްކުރި ދުވަހު ފާހަގަކުރި ކަންބޮޑުވުންތަކަށް ސަރުކާރުން އަޅާނުލިތަނުގައި ޓެކްސް ބިލު ފާސްކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވެގެން އޭނާ އަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ސިޓީ ފައްޗެއް، އެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އެހިންގާ ގަވާާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ވަރަށް ސާފުކޮށް އެބައޮތް ބުނެފަ މެމްބަރަކު ވިޕަށް ތަބާނުވެއްޖެ ކަމުގައި ވާނަމަ ކަންކުރަންޖެހޭ ގޮތް. އެންމެ ފުރަތަމަ އެމްޑީޕީގެ ވިޕުންގެ ޒިންމާއެއްކަން ތަބާނުވި ސަބަބު އޮޅުންފިލުވުން. ގާނޫނު އަސާސީގައި ވެސް ކޮންމެ މީހަކަށް އޮވޭ އެމީހާގެ ނަފްސު ދިފާއުކުރުމުގެ ހައްުގު. ގާނޫނުތަކުންވެސް އަދި އަޅުގަނޑުމެންގެ ބުއްދިން ވެސް ގަބޫލުކުރާ ވަރަށް ބޮޑު ހަމައެއް އެއީ. ކަމެއްވީމާ އެކަން އެވީ ކީއްވެގެންތޯ. މީހަކު ކަމެއް ކޮށްފިއްޔާ އެކަން އެކުރީ ކީއްވެގެންތޯ ފުރަތަމަ އޭނަ ކައިރީ އަހާ އޮޅުން ފިލުވުން. މީން އެއްވެސް ކަމެއް ނެތި، ރާސްލާފައި ހަވާ ފަޓާސްބަރިއެއްހެން ފިޔަވަޅު އަޅާލާފަ. މިފިޔަވަޅު މިއެޅީ ރައްޔިތުން މިހާ ދަތިހާލުގައި ތިއްބާ އަޅުގަނޑު އެދުވަހުވެސް ދެންނެވިން ތަކުރާރުކޮށް ރާއްޖޭގައި ގޭބިސީ އަކަށް އާމްދަނީ ޖެހޭ ވަރު އެންމެ ދަށީ އަޅުގަނޑު ނިސްބަތްވާ ރ އަތޮޅުގައޭ. މަހަކު ފަސް މީހުންގެ ގޭބިސީ އަކަށް ބާރަހާސް ރުފިޔާ ނުލިބެއޭ. އެކަމަކު ހަމަ ކޮންމެ ގޭބިސީއެއްގެ ހަރަދަށް އަށާރަ ވިހިހާސް ރުފިޔާ ބޭނުންވޭ. މިދެންނެވި ކޮންމެ ގޭބިސީއެއް މައިގަނޑު ކޮންމެ ގޭބިސީއެއް ދަރަނީގައޭ މިދަނީ. ތިއްބާ އަނެއްކާ ޓެކްސް ބޮޑުކޮށްގެން. އެމީހުން ދައްކާ ޓެކްސް ދެޕަސެންޓަށް ބޮޑުކޮށްގެން. އޭގެ ސަބަބުން ތަކެތީގެ އަގަށް ދިރިއުޅުމުގެ އަގަށް އަންނަ ބަދަލަކީ އަޅުގަނޑުމެން އަތޮޅުގެ ރައްޔިތުންނަށް އުފުލޭ ވަރުގެ ކަމެއް ނޫނޭ.

ވަހީދު ވިދާޅުވީ ގާނޫނު އަސާސީއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޖުމްލަ ރައްޔިތުންގެ ހައްގަށް ރިއާޔަތްކޮށް ވޯޓް ދިނުމުގެ ހައްގު މުތުލަގަށް ދީފައިވާ ކަމަށެވެ. ވަހީދު ވިދާޅުވީ ގާނޫނުން މަޖިލިސް މެމްބަރުންނަށް ލިބިދީފައިވާ ބިލްތަކަށް މިނިވަން ކަމާއެކު ވޯޓް ދިނުމުގެ ހައްގަށް ސަރުކާރުން އަންގައިގެން އަރައިގަންނަމުން ދާ ކަމަށެވެ.

ހަމަ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަންގަވައިގެން އަޅުގަނޑުމެންގެ ޕީޖީ ލީޑަރު ހިތަދޫ އުތުރުދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. މިދެންނެވީ ޕީޖީ ގްރޫޕުގެ ހިންގާ ގަވާއިދުގެ އަސާސްތަކާއި އެހިންގާ ގަވާއިދުގައި ލިޔެފައިހުރި އިޖުރާއަތުތަކާއި ކަނޑައެޅިގެން ހިލާފަށް. މިއީ އަޅުގަނޑު މިދެންނެވި ރައްޔިތުންގެ މަޖިލިސް މެމްބަރެއްގެ ވެސް ގާނޫނީ ޒިންމާ ހިފެހެއްޓުމަށްޓަކައި، އޮބެހެއްޓުމަށްޓަކައި މިބޭފުޅުން ކުރައްވާ މަސައްކަތް.

ވަހީދު ވިދާޅުވީ ސަރުކާރުގެ ނުފޫޒު މެމްބަރުންގެ މައްޗަށް އޮތް ކަމުގެ ވާހަކަ ލިޔަން އޮތީ ދައުލަތުގެ މީޑިޔާކަމަށެވެ.

މީޑިއާ މެދުވެރިކޮށް ދައުލަތުން ކުރާ ނުރަނގަޅު ކަންކަން ގެނެސްދިނުަމަށް ކުރިން ރައީސް ސާލިހް ވިދާޅުވެފައިވީ ނަމަވެސް މިއަދު މީޑިއާގެ މިނިވަންކަން ނެތްކަން ވަހީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: