ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޕާއި ހިލާފުވި މެމްބަރުންނަށް ގަޕޯގެ ރައްދު: އުސޫލާއި ހިލާފުވުމުން ފިޔަވަޅު އަޅާނެ، އޮތް ގޮތަކީ މަޑުމަޑުން ތިބުން!

ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު: ފޮޓޯ / މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާފާއި އުސޫލަކީ ވަކި ބަޔަކު ގަބޫލުކުރާ ގޮތް ނޫންކަމަށާއި، އެއީ ލިޔެވިފައި އޮތް ގޮތްކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި، ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދި މިވަގުތު އޮތީ ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ފެކްޝަނެކެވެ. ރައްޔިތުންގެ މަޖިލީހާއި، ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއްގެ ތާއީދު ސަރުކާރަށް އޮތް އިރު މެމްބަރުންގެ ތެރެއިން ޣަބްދުލްޣަފޫރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެކްޝަނުގެ މެމްބަރެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ފަހު ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނާއި އަރިސް މެމްބަރުން ގެންދަަވަނީ ފާޅުކަން ބޮޑުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ސަރުކާރުގެ އެކި ނިންމުންތަކަށް ދެކޮޅު ހެދުމާއި މަޖިލީހަށް ހުށަހަޅާ ބިލުތަކަށް ވޯޓު ނުދިނުން ފާހަގަ ކުރެވެ އެވެ. އެގޮތުން މިދިޔަ އަހަރު، 2023 އަށް ލަފާ ކުރާ ބަޖެޓު ހުށަހެޅުމުން، މިއީ ހަރަދު ބޮޑު ބަޖެޓެއްކަމަށާއި ގިނައީ ހިޔާލީ ނަމްބަރުތަކެއްކަމަށް ބުނެ ބައެއް މެމްބަރުން ވޯޓު ދީފައި ނުވެ އެވެ. އެހެންވެ، އެ މެމްބަރުންނާއި ދެކޮޅަށް ޕާލިމަންޓު ގުރޫޕުން ފިޔަވަޅު އެޅުމުން މެމްބަރުން ވަނީ މަޖިލީހުގައި އެ މައްސަލައާއި ދެކޮޅަށް ވެސް ވާހަކަ ދައްކަވާފަ އެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ތެރޭގައި އުސޫލުން ބޭރުން އިންސާފެއް ނެތި ކަންތައްތައް ކުރަމުން ގެންދާކަމުގެ ވާހަކަތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަބްދުލްޣަފޫރު ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުގެ ކަންކަން ހިނގަމުންދާނީ ޕާޓީން ފާސްކޮށައފައި ހުންނަ ގަވާއިދުތަކުގެ ތެރެއިންކަމަށެވެ. ޕާލިމެންޓް ގުރޫޕުން ނެރޭ ވިޕްލައިންތަކާއި ތަކުރާރުކޮށް ހިލާފުވާތީ ފިޔަވަޅު އެޅުމުން އެވާހަކަ ނުދެއްކެވުމަށް އަބްދުލްޣަފޫރު އެދިލެއްވިއެވެ.

އަބްދުލްޣަފޫރު ވިދާޅުވީ ފިޔަވަޅު އެޅީމައި އެވާހަކަދައްކަވާ ބޭފުޅުން ޕާޓީގެ ވިޕްލައިންތަކާއި އަދި ޕާޓީއިން އަންގާ އެއްވެސް އެއްވުމަކަށްވެސް ފަރުވާލެއް ނުބަހައްޓަވާކަމަށެވެ.

”މިއަދު އެބޭފުޅުންނަކަށް ނޯވެ ވިޕްލައިނެއްވެސް، އެބޭފުޅުންނަކަށް ނޯވެ ޕާލިމެންޓް ގުރޫޕުން އަންގާ އެއްވެސް އެންގުމެއްވެސް. ދެން ފިޔަވަޅު އެޅީމައި ކޮން ވާހަކައެއް ދައްކާކައް. ހަމަ ފިޔަވަޅު އެޅީމައިވެސް އެއީ ނެތް އެއްޗެއް ގޮތުގައި ދެކިގެން ހަމަ މަޑުމަޑުން ތިބެއްވީނުން.“ އަބްދުލްޣަފޫރު

ޕާޓީގެ އެންގުންތަކާއި ވިޕްލައިންތަކާއި ހިލާފުވާއިރު، ފިޔަވަޅު އަޅާނެކަން މެންބަރުންނަށް އެނގިލައްވާނެކަމަށް ފާހަގަކުރައްވާ އަބްދުލްގަފޫރު ވިދާޅުވީ، މެންބަރުން ސުވާލު އުފައްދަން ޖެހެނީ ފިޔަވަޅު އެޅީ ނުކުރާކަމަކަށްތޯކަމާއިމެދުކަމަށެވެ.

އިންސާފާއި އުސޫލުން ބޭރުން ފިޔަވަޅުއަޅާކަމަށް ވިދާޅުވެ ބައެއް މެންބަރުން ދައްކަވާ ވާހަކަތަކަށް ރައްދުދެއްވާ އަބްދުލްގަފޫރު ވިދާޅުވީ އިންސާފާއި އުސޫލަކީ ލިޔެވިފައި އޮންނަ ގޮތްކަމަށާއި އެއީ ވަކި މީހަކު ގަބޫލުކުރާ ގޮތް ނޫންކަމަށެވެ. ވަކި މެންބަރުންނަށް ފިޔަވަޅު އަޅާކަމަށް މެންބަރުން ފާހަގަކުރައްވާތީ އެކަމާއި ގުޅިގެން ސުވާލުކުރުމުން އަބްދުލްގަފޫރު ވިދާޅުވީ އެހެން ބޭފުޅަކާއި ދޭތެރޭ ފިޔަވަޅު ނާޅައި އޮތުމަކީ، ވަކި މީހަކަށް ފިޔަވަޅު އެޅީމައި އެ ވާހަކަދައްކަން ޖެހޭ ސަބަބެއް ނޫންކަމަށެވެ. އަބްދުލްގަފޫރު ތަކުރާރުކޮށް ފާހަގަކުރެއްވީ ނުކުރާކަމަކަށް، ގަވާއިދާއި ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ނޯންނާނެކަމަށެވެ.

”ތިބޭފުޅުންނަށް ހަމަ ކަނޑައެޅިގެން އެނގިވަޑައިގަންނަވާނެ ހަމަ ތްރީ ލައިން ވިޕް އަޅާފައި އޮތް ކިތައްމެ ކިތައްމެ ކިތައްމެ ވޯޓެއްގައި އެބޭފުޅުން އިދިކޮޅަށް ވޯޓުދެއްވިކަން“ އަބްދުލްޣަފޫރު

ބައެއް މަޝްވަރާތައް ކުރާއިރު ބައެއް މެންބަރުންނަށް އެކަން ނާންގާ ޕާލިމެންޓް ގުރޫޕުން މަޝްވަރާކުރާކަމަށް މެންބަރުން ވިދާޅުވާކަމަށް ނޫސްވެރިޔާ ފާހަގަކުރެއްވުމުން، އަބްދުލްގަފޫރު ވިދާޅުވީ ޕާލިމެންޓް ގުރޫޕުގެ އެއްވެސް މެންބަރަކަށް ނާންގާ ބައްދަލުވުންތައް ނުބާއްވާނެކަމަށެވެ. އަބްދުލްގަފޫރު ވިދާޅުވީ މީގެ ކުރީގައި އެ ވާހަކަތައް ނުދައްކަވާކަމަށެވެ. އަދި އޭނާ ސުވާލުއުފެއްދެވީ މިހާރު މި ވާހަކަތައްދައްކާ ސަބަބާއިމެދުއެވެ.

ބަޖެޓަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރުމުން، އެއާއި ހިލާފުވި މެމްބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރުގެ އިތުރުން އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ޕީޖީގެ ވިޕްލައިންތަކާއި ހިލާފު ވި މައްސަލައިގައި މި މެމްބަރުންނަށް ތިން ފިޔަވަޅެއް އެޅުމަށް ވަނީ ނިންމާފަ އެވެ. އަދި އެކަން ސިޓީއަކުން އެނގުމުން، ބައެއް މެމްބަރުން ވަނީ އެ ޓުވީޓު ކުރައްވައި ފާޑުކިޔާފަ އެވެ.

ޕާލިމެންޓް ގުރޫޕުން ކުރައްވާ މަސައްކަތާއި އަދި އަންގަވާ އެންގެވުންތަކަށް މީގެ ކުރިން ދެކޮޅު ހައްދަވާފައިވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އާއި އަރިސް މެންބަރުންނެވެ. އަދި އެންގެވުންތަކާއި ދެކޮޅަށް ކަންކަން ކުރެއްވުމުން ފިޔަވަޅުއަޅާތީ އެކަމާއިމެދު ނުރުހުންވެސް ފާޅުކުރައްވަނީ އެމަނިކުފާނާއި އަރިސް މެންބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: