ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗަށް ވާސިލްވެވެނީ ހިފާ ހައްޔަރުކޮށް، ފިޔަވަޅު ނާޅާތީ: އިންތި

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ފެތުރިފައި އޮތް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެވޭނީ، އެކަމަށް ވާސިލްވެވެން ހުރި ދޮރުތައް ބަންދުކޮށްގެންކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް (އިންތި) ފަހުމީ ވިދާޅުވެއްޖެއެވެ.

މަަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭއިން ފަސޭހައިން ފަރުވާ ލިބޭނެގޮތަށް ނިޒާމު ބަދަލުކުރުމަށް ގޮވާލާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށައަޅުއްވާފައިވާ ގަރާރުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ގިނަ ބަޔަކު ޖެހުމުގެ ސަބަބަކަށްވާނީ ރާއްޖެއަށް މަސްތުވާާތަކެތި އެތެރެވުމުގެ މައްސަލަކަމަށެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ މީހުން ސަލާމަތްވަމުންދާތީ އިމްތިޔާޒް ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ. ބޭރު ގައުމުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި ރާއްޖޭގެ އެއްވެސް ގާނޫންނަށް އަރާ ހަމަނުކުރެވޭކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ހަމަ ވަންނަ ދިރުން އެބަ ފޮނުވާލާ، އެއްވެސް ކަހަލަ ރާއްޖޭގެ ގާނޫނެއް އެމީހަކާ ހަމަނުކޮށް.. ގެސްޓެއްގެ ގޮތުގައި އައި ކޮޅަށް އެބުރި ރަށަށް. މިހާލަތަށް އެބަދޭ ގަވާއިދުތަކަށް ބަދަލު ގެނެސްގެން.

މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަށް ހިފާ ހައްޔަރުކުރެވި، އެމީހުންގެ މައްޗަށް ޝަރީއަތްތައް ހިނގާ އަދަބުދެވޭ މަންޒަރު ނުފެންނަކަމަށް ފާހަގަކޮށް، އިމްތިޔާޒް ވިދާޅުވީ މިއީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް މަސްތުވާތަކެތި ވާސިލްވާން ހުރި ދޮރުތައްކަމަށާއި، މި ދޮރުތައް ބަންދުކޮށްގެން ނޫނީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބޭނެކަމަށެވެ. އެހެންކަމުން ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ މަސްތުވާތަކެތި އެތެރެވާން ހުރި ދޮރުތައް ބަންދުކުރުމަށްކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ ދިރާސާތަކުން ދައްކާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުނުވެ އޮތް ސަބަބަކީ ހާލަތާއި ބައްދަލު ފިޔަވަޅުތަކެއް ނޭޅޭތީކަމަށެވެ. އަދި ހާލަޓާއި ބައްދަލު ގޮތަކަށް ފަރުވާ ދެވޭނެ ގޮތްތަކެއްވެސް ހުންނަޖެހޭކަމަށް ވިދާޅުވިއެވެ. ފަރުވާ ދިނުމަށް ކޯޓުތަކުން ހުކުމްކުރި ނަމަވެސް ފަރުވާ ނުލިބޭ މީހުން އެބަތިކަމަށްވެސް ދިރާސާތަކުން ދައްކާކަމަށާއި، މިކަމުގެ ސަބަބުން އިތުރު ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ފަހިވާކަމަށް ވިދާޅުވެ، ޖަލުތަކުގެ ތެރޭގައި ފަރުވާ ލިބޭނެ ގޮތް ނެތީތީވެސް އިމްތިޔާޒް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އިމްތިޔާޒް ވިދާޅުވީ މިހެން ކަން އޮތުމުން ކަންކަން ހައްތަހާ ގޮސްވާނީކަމަށާއި، ޓިޓޮކްސްގެ ހިދުމަތް ހޯދުމަށް އުނދަގޫކަމުން ގިނަ ފަރާތްތަކުން އެ ފަރުވާ ހޮދުމާއި ނޫޅޭކަމަށާއި، މި ފަރުވާ ހޯދުމަށް އުޅެންޖެހެނީ ވަރަށް ދަތި އުނގަދޫ ގޮތަކަށްކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުޑަކުދިންނަށް ފަރުވާ ހޯދޭނީ ކިހިނެއްކަން އެއްވެސް މިންވަރަކަށް ސާފުނުވާކަމަށް އޭނާ ވިދާޅުވިއެވެ. ކޯޓުގެ ހުކުމެއް ނެތި، އަމިއްލައަށް ބޭނުންވެގެން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވާ ފަރުވާ ހޯދުމަށް ވަރަށް އުނދަގޫކަމަށާއި، އެ ފުރުސަތު ނޯންނަކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: