ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރު ގެނައުމަށް ޝިފާޒަށް ވުރެ ބޮޑު ގުރުބާނީއެއް ވީ މީހެއް ނެތް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުގެ މަގާމުން ވަކި ކުރި، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ވުރެ ބޮޑަށް މި ސަރުކާރު ގެނައުމަށްޓަކައި ގުރުބާނީތައް ވީ އިތުރު މީހެއް ނެތްކަމަށް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަތައް އުފެދި، ސަރުކާރާއި ދެކޮޅު އަދި ސަރުކާރާއި އެއްކޮޅު ފެކްޝަނެއް އުފެދިފައިވަނިކޮށް ރައީސް ނަޝީދާއި އެކު މަސައްކަތް ކުރައްވާ ޝިފާޒް މަގާމުން ވަކި ކުރީ މިއަދުގެ ވަގުތެއްގަ އެވެ. ޝިފާޒް މަގާމުން ވަކިކޮށްފާނެކަމަށް ބެލެވިފައިވާ ވަގުތެއްގައި، އޭނާ ސަރުކާރުން ބޭރުކޮށް އެ މަގާމަށް ދެން އައްޔަނުކޮށްފައި ވަނީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އެވެ.

ޝިފާޒް މަގާމުން ވަކިކުރި މައްސަލައިގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ، ކަންބޮޑުނުވުމަށް އެދޭކަމަށެވެ. އަދި ޝިފާޒްގެ މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން އެމްޑީޕީގެ މަސައްކަތްތަކުގައި، ޝިފާޒާއި އެންމެ ގާތްކޮށް ފެނުނު މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވިދާޅުވީ އެމްޑީޕީ ނެގެހެއްޓުމަށްޓަކައި އެކި ދަތިތަކާއި އަނިޔާގައި ޝިފާޒް ކުރެއްވި މަސައްކަތް އަގު ނުކުރެވޭނެކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަގުތު މަގާމުގައި ހުންނެވީ، އެފަދަ އެތައް ބައެއްގެ ހިންމަތުންކަމަށް ވިދާޅުވި އެވެ. އަދި ޝިފާޒް މަގާމުން ވަކި ކުރުން އެއީ ލަދުވެތި، ދެރަކަމެއްގެ ގޮތުގައި އީވާ ސިފަ ކުރެއްވި އެވެ.

ޓުވީޓު ނިންމަވާލައްވަމުން އީވާ ވިދާޅުވީ، ސަރުކާރު މިހާރު އޮތީ ބަލިކަށިވެ ގޮތް ހުސްވާ ހިސާބަށް ގޮސްފައިކަމަށެވެ.

ކުރިޔަށް އޮތީ 2023 ގެ ރިޔާސީ އިންތިހާބުކަމަށްވުމާއި އެކު، ސަރުކާރާއި ދެކޮޅު ބައެއް ބޭފުޅުންނާއި ޖުމްހޫރީ ޕާޓީގެ ވަޒީރުންނާއި ނައިބުން އަދި ސިޔާސީ މަގާމުތަކުން މެމްބަރުން ވަކި ކުރާނެކަމަށް ބެލެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް މެމްބަރުން އެންމެ ބޮޑަށް ޖުމްހޫރީ ޕާޓީއަށް އަމާޒުކޮށް ވިދާޅުވަމުން ގެންދަވަނީ ސަރުކާރު ކޯލިޝަނުން ބޭރުވުމަށެވެ. އަދި ޕާޓީގެ ސްލޮޓު މަގާމުތައް ހުސް ކުރުމަށް ވަނީ ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: