ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ބެއްލެވުމަށް އަސްލަމް އައްޑުއަށް، ރޮޒެއިނާ ވިދާޅުވީ މާލެ ނޫން ތަނެއްގައި ވެސް މިނިސްޓްރީ ހިންގޭނެކަމަށް

އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫއަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ނިންމި ނިންމެވުމަކީ މާލޭ ނޫން ތަނެއްގައި ހުރެގެންވެސް މިނިސްޓްރީތައް ހިންގޭނެ ކަމުގެ މިސާލެއްކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއޫ އެކަށީގެންވާ ގޮތެއްގެ މަތިން ކުރިއަށް ނުގެންދާތީ، އެކަމުގެ އުނދަގޫތައް ރައްޔިތުންނަށް ކުރިމަތިވަމުންދާކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުވަނީ ދާދި ފަހުން މަޖިލީހަށް މިނިސްޓަރު އަސްލަމް ހާޒިރުކުރެއްވި ދުވަހަކު ފާހަގަކުރައްވާފައެވެ.

އަހުމަދު ވިދާޅުވީ، އޭގެ އިތުރުންވެސް މައްސަލަތައް ހުރިކަމަށެވެ. އެގޮތުން އެފްކޮންސް ކުންފުނި މެދުވެރިކޮށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކާނުގަނޑުތަކުގައި މަތި ނާޅާ ހުރުމުގެ ސަބަބުން ފެންހެދި ޑެންގޫ ފެތުރޭ މިންގަނޑުތައް އިތުރުވެ އައްޑޫ ސިޓީ ސިއްހީ ކާރިސާއެއްގެ ތެރެއަށް ވެއްޓުމުގެ ބިރު އޮތްކަމަށެވެ. އެހެންކަމުން އެކަންކަން ހައްލު ކޮށްދެއްވާނެ ދުވަހަކާއިމެދު އެނާ އަސްލަމް އާއި ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އެނާ ކުރިއަށް އޮތް ހޮނިހިރު ދުވަހު އައްޑޫއަށް ވަޑައިގަންނަވާނެކަމަށެވެ. އަދި އެ ސަރަހައްދުގައި ކުރިއަށް ގެންދާ މަސައްކަތްތައް ބައްލަވާ ހައްލު ކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.

އަސްލަމް އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، އެ ސަރަހައްދުގައި ޕްލޭނިންގް މިނިސްޓްރީއިން ކުރިއަށް ގެންދާ މަސައްކަތްތައް ބައްލަވައި ކަންކަން ހައްލު ކުރެއްވުމަށް މިނިސްޓަރު އައްޑޫއަށް ވަޑައިގެން ދުވަސްތަކެއް ހޭދަކުރައްވަން ނިންމަވާފައިވާ ނިންމެވުމަށް އެނާ މަރުހަބާ ކިޔާކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، މިޒަމާނުގައި މާލެ ނޫން އެހެން ތަނެއްގައި ހުރެގެންވެސް މިނިސްޓްރީއެއް ހިނގިދާނެކަން އަސްލަމްގެ ނިންމެވުމުން ފެނިގެންދާކަމަށެވެ. އަދި އެ ނިންމުމަކީ ރަނގަޅު މިސާލެއްކަމަށާއި، އެއީ މުސްތަގުބަލު ބިނާ ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެނާ ބަލައިގަންނަކަމަށްވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

ރޮޒައިނާވަނީ ރައީސް ނަޝީދު އަސްލަމްގެ ނިންމެވުމަށް ފާޑުވިދާޅުވެފައިވާކަމަށްވެސް އަލިއަޅުއްވާފައެވެ. ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓަރ އެކައުންޓުކަމަށް ބުނާ އެކައުންޓެއް މެދުވެރިކޮށްވަނީ އަތޮޅުވެރިއެއް އައްޑޫއަށް ފޮނުވަނީތޯ ސުވާލުކޮށްފައެވެ.

އެކަމަށް އަލިއަޅުއްވަައި ރޮޒައިނާ ވިދާޅުވީ، އެކަން “މުޑުދާރު” ކަމެއްގެ ގޮތުގައި ހަދަން މަސައްކަތްކުރާކަމަށެވެ. އަދި އެގޮތުގެ މަތިން އަމަލު ކުރަމުންދަނީ މާލެ ނޫން އެހެން ސަރަހައްދެއްގައި މިނިސްޓްރީއެއް ހިންގާ މަންޒަރު ދެކެން ބޭނުން ނުވާތީކަމަށް ފާހަގަކުރައްވާ އެނާވަނީ އެމަންޒަރު ފެނިދާނެކަމާއިމެދު ބިރުން އުޅޭނީތޯ ސުވާލު އުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: