ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރިޖުވެސް އަންނާނެ ބޯހިޔާވަހިކަންވެސް އަންނާނެ، މި ހުރިހާ އެއްޗެއް އަންނާނެ: އަސްލަމް

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ކުޑަގިރި ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ހުރިހައި ވަޢުދެއް ވެސް ފުއްދަވާނެ ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

“ކުޑަގިރި” ޕިކްނިކް އައިލަންޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ރައީސް ސާލިހު މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު އެއް ފައުދު ފުއްދަވައިދެއްވައިފިކަމަށެވެ. އެނާ ވިދާޅުވީ، މި ސަރުކާރަށް 5 އަހަރު ވެގެންދާއިރު، ގެއްލުނު ދުވަސްތައްވެސް ލައިގެން ފެނިގެންދަނީ ރައީސް ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދެއްވަމުންދާ މަންޒަރުކަމަށެވެ.

އަސްލަމް ވިދާޅުވީ، އެމަނިކުފާނު ވައުދުތައް ފުއްދައިދެއްވަމުންދަނީ އެއްވެސް ބަޔަކު ބާކީ ނުކުރައްވާކަމަށެވެ. އަދި އެމަނިކުފާނު ވައުދުތައް ފުއްދައިދެއްވުމުގައި ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވާކަމަށާއި ތަފާތު ނުކުރައްވާކަމަށް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ކުޑަގިރިއަކީ މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވައުދުކަމަށެވެ. އެނާ ވިދާޅުވީ، މިއަދު މިވަނީ އެ ވައުދު ފުއްދައިދެއްވާފައިކަމަށާއި ވައުދުވެވަޑައިގެންނެވި މިންވަރަށްވުރެވެސް އިތުރަށް އެ ރަށް ފުރިހަމަކުރުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، ރައްޔިތުންނަށް ލިބިގެންދިޔައީ ގެއްލިފައިވާ ބޮޑު އެއްޗެއްކަމަށެވެ. އެނާ ވިދާޅުވީ، ވައުދުވެވަޑައިގެންނެވި ގޮތުގެ މަތިން ބުރިޖުވެސް އަޅުއްވާނެކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމުވެސް ފުރިހަމަ ކުރައްވާނެކަމަށާއި ބޯހިޔާވަހިކަމާއި އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެހާ ކަންކަންވެސް “އަންނާނެ” ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 63%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: