ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރު ނިމެން ގާތްވެފައި ވަނިކޮށް ކުޑަގިރި ހުޅުވީމަ ސޯލިހުގެ ސްލޯކަން ޔަޤީންކޮށްދޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމުމަށް މަދު ދުވަސްކޮޅަކަށްވެފައިވަނިކޮށް ކުޑަކުރި ހުޅުވުމުން މި ސަރުކާރު ސްލޯކަން ޔަގީންކޮށްދޭކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ޕިކްނިކް ދާނެ ރަށެއް ގާއިމްކޮށްދިނުމަށްވެލެއްވި ވައުދު ފުއްދަވާ އިއްޔަ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ކުޑަގިރި ހުޅުއްވާދެއްވާފައެވެ. މިކަމާއި ގުޅިގެން ޝިޔާމްކުރެއްވި ޓުވީޓެއްގައި ކުޑަގިރި ތަރައްގީކުރުމަކީ ރައީސް ސާލިހުގެ ރިޔާސީ ވައުދެއްކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވެފައިވަނީ ދައުރު ނިމެން މަދު މަސްކޮޅަކަށްވެފައިވަނިކޮށް ދައުލަތުގެ 4 ކުންފުނި ބަނގުރޫޓުކޮށްގެން އެ ރަށް ހަދާ ނިންމުމުން ރައީސް ސާލިހުގެ ސްލޯކަން ޔަގީންވާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ އިދިކޮޅުގެ ލީޑަރު، ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމްގެ 5 އަހަރުގެ ދައުރުގެ ތެރޭގައި “ބޮޑު ޝަހަރެއް” ހިއްކާ 10 ހާސް އާއިލާއަށް ބޯހިޔާވަހިކަން ޔަގީންކޮށްދެއްވިކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ ހުޅުމާލެ ދެވަނަ ފިޔަވައްސަށެވެ.

މާލެ ސަރަހައްދުން ދަތުރުދާނެ ރަށެއް ނެތުމުގެ ކަންބޮޑުވުންތަކުގެ ސަބަބުން ރައީސް ސާލިހު ވައުދުވެލެއްވީ، ކުޑަގިރީ ފަޅު ހިއްކާ އެތަނުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރެއްވުމަށެވެ. އެވައުދާއި އެއްގޮތަށް ޕިކްނިކް އައިލެންޑް މިހާރު ހުޅުވާފައިވާއިރު، ވެރިކަން ނިމެން ގާތްވުމުން އެވައުދު ފުއްދަވާފައިވާތީ އިދިކޮޅުން ތުހުމަތުކުރެއްވީ މިއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒުފޯރުވުމުގެ ގޮތުން ކުރެއްވި މަސައްކަތެއްކަމަށެވެ.

އިދިިކޮޅުން ބުނާ ގޮތުގައި އިންތިހާބާއި ގާތްކޮށް އެހެން މަޝްރޫއުތައްވެސް އަވަސްކޮށްފައިވަނީ ރައްޔިތުންނަށް މަންޒަރުދެއްކުމަށްޓަކައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: