ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގު ގެންނަ ބިދޭސީން ފުރާވާލުން؛ ހަސަންގެ ކުއްލި މައްސަލަ އާއި ދެކޮޅަށް އެމްޑީޕީ ޕީޖީގެ ވިޕެއް!

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީންގެ މައްސަލަތައް ނުބަލައި އަނބުރާ ފޮނުވާލުމަށް ގަވައިދުގައި އޮތް ބުނާ މާއްދާ އިސލާހު ކުރުމަށް މައްސަލަ ހުށަހެޅުމުން އެއާއި ދެކޮޅަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން މައްސަލައާއި ދެކޮޅަށް ވިޕްލައިނެއް ނެރުނުކަމަށް ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ފާޑުވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ، ވައިގެ މަގުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރާ ބިދޭސީއެއްގެ މައްސަލައެއް ނުވަތަ އޭނާގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭ ހާލަތެއްގައި އަމަލު ކުރާނެ ގޮތުގެ ގަވައިދުގައި ހުރި މަސްތުވާތަކެތީގެ ގާނޫނާއި ފުށުއަރާ ކަންކަން އުނި ކުރުމަށް ގޮވާލަ އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި މުވަނީ، ދާދިފަހުން ވެސް ގަވައިދުގެ ދަށުން ބިދޭސީއަކަށް އެއްވެސް ފިޔަވަޅެއް ނާޅައި ފުރުވާލި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. އެއީ ވައިގެ މަގުން އެތެރެ ކުރި 2.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ ބިދޭސީ މީހާ ރާއްޖެއަށް އެތެރެވިޔަ ނުދީ ފޮނުވާލި މައްސަލައެކެވެ. އެ މައްސަލައިގައި ގިނަ ބައެއް ދަނީ ނުރުހުންފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ކުއްލި މައްސަލައާއި ދެކޮޅަށް ވިޕްލައިނެއް ނެރެފައިވާކަމަށް ބުނެ ނުރުހުން ފާޅުކުރައްވައި ހަސަން ލަތީފް ވިދާޅުވީ މެމްމަބަރުންނަށް އަންގާފައި އޮތީ މައްސަލަ ބަލައި ނުގަތުމަށް ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކޮށް، ގާނޫނުގެ ދަށުން ފިޔަވަޅުތައް ހަރުދަނާ ކުރުން އެއީ ސަރުކާރުގެ އަމާޒެއް ނަމަވެސް މިއީ އޭނާ ހުށަހެޅި މައްސަލައަކަށް ވީތީ ބައެއް އެމްޑީޕީ މެމްބަރުން ކުއްލި މައްސަލައާއި ދެކޮޅުވީކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ރާއްޖެއަށް އަންނަ ބިދޭސީން ބާރުގަދަ މަސްތުވާތަކެތި އެތެރެ ކުރާކަން އެއީ އެންމެން ދަންނަ ހަގީގަތެއްކަމަށެވެ. އެ މީހުން ހައްޔަރުކޮށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އަނބުރާ ފޮނުވާލައި، އެ ކަން އޮއްބާލުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރައްވައި ހަސަން ލަތީފް ވިދާޅުވީ އޭނާ ހުށަހެޅީ ސަރުކާރު ބޭނުންކޮށްގެން ހިންގާ ބޮޑު ނެޓްވޯކެއް ނައްތާލުމަށް ކަމަށެވެ.

ބޭނުން ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެއުމަށްކަމަށާއި ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފެންނަ ހެން ވަޒީރުންނާއި އެހެން މީހުންގެ ބާރާއި ނުފޫޒު ފެންނަމުން ދާކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުން، އެ މީހުންނާއި އެއްވެސް ސުވާލެއް ކުރުމެއް ނެތި އަދި އެއީ ކާކުގެ އެހީއާއި އެކު އަދި ކޮންބައެއްގެ ބައިވެރިވުމަކާއި އެކު ހިންގި އަމަލެއް ތޯ ވެސް ނުބަލައި އެ ބިދޭސީ މީހާ ފުރުވާލެވޭ ގޮތަށް ގަވައިދެއް އޮތުން ގޯސްކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ، މިހާރު އޮތް އުސޫލުގެ ސަބަބުން އަދުބު ލިބުމުގެ އެއްވެސް ބިރެއް ނެތި ކޮންމެ މީހަކު ވެސް މަސްތުވާތަކެތި އެތެރެ ކުރާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހަސަން ލަތީފް މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް ނެގި ވޯޓުގައި 24 މެމްބަރަކު ބައިވެރިވި ނަމަވެސް 16 މެމްބަރަކު ވޯޓު ދެއްވީ ބިލާއި ދެކޮޅަށެވެ. އެހެންވެ، ހަސަން ލަތީފް ވަނީ މައްސަލަ ބަލައިގަތުމަށް ފެންކަމަށް ވޯޓު ދެއްވި މެމްބަރުންނަށް ޝުކުރު އަދާކޮށް އެއީ ގައުމުގައި ހުރި މިފަދަ އިޖްތިމާއީ މައްސަލަތަކާއި މެދު ވިސްނާ މެމްބަރުންކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: