ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރީން ޕާޓީ ހެދުމުގެ ހުއްދަ ޖާބިރަށް ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގްރީން ޕާޓީ އޮފް މޯލްޑިވްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން އިން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގްރީން ޕާޓީ އޮފް މޯލްޑިވްސް ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހ ތިމާވެށި އަބްދުﷲ ޖާބިރަށް ހުއްދަ ދިނުމަށް ރަސްމިއްޔާތެއް ބޭއްވި ކަމަށެވެ.

މި ރަސްމިއްޔާތުގައި ގްރީން ޕާޓީގެ ރަޖިސްޓްރީ، ޖާބިރު އާއި ހަވާލްކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބްއެވެ.

 

ޖާބިރު މީގެ ކުރިން ހުންނެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު ކަމުގައެވެ. ނަމަވެސް ސިޔާސީ ޕާޓީ ތަކާއި ބެހޭ ގަވާއިދުގައިވާ އަދަދަށް މީހުން ހަމަނުވާތީ ޑީއާރުޕީ އުވާލުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަނީ ނިންމާފައެވެ.

ޑީއާރުޕީގައި 3000 މެމްބަރުން ހަމަނުވާތީ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އޮތީ އެޕާޓީއަށް އަންގާފައެވެ.

ޖާބިރު ވަނީ އަމިއްލަ ޕާޓީއެއް އުފެއްދުމަށް ކުރިން ހުންނެވި ޑީއާރުޕީގެ ލީޑަރު ކަމުން އިސްތިއުފާ ދީފައިކަން ވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: