ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ގަވާއިދު ބަދަލުކުރި މީހުންގެ މައްސަލަ ފުލުހުން ބަލަންޖެހޭ: އިލްޔާސް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި އެތެރެކުރާ މީހުންންަަށް އެއްވެސް އަދަބެއް ނުދީ ވަގުތުން އަނބުރާ ފޮނުވާލެވޭގޮތަށް ގަވާއިދު ބަދަލުުކުރީ ކޮންބައެއްތޯ އާއި އެކަން ކުރި  މަގްސަދު ފުލުހުން ބަލަންޖެހޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އެއްވެސް އަދަބެއް ނުދީ ވަގުތުން އަނބުރާ ފޮނުވާލެވޭގޮތަށް ގަވާއިދު ބަދަލުކޮށް އެގޮތަށް އަމަލުކުރަމުންދާތީ އެގަވާއިދުގެ އެ މާއްދާތައް އުވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިސްއަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ ދިވެހިރާއްޖޭގެ މުއައްސަސާތަކާ ދުނިޔޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުދާ ބޮޑެތި ފަރާތްތަކާ ގުޅުނީތޯ ފުލުހުން ބަލަން ޖެހޭ ކަމަށެވެ.

ގަވާއިދު ހެދި ފަރާތްތަކާ ދުނިޔޭގެ ބޯޑެތި ނެޓްވޯކްތަކާ ގުޅުނީ ބާއޭ؟ ޑްރަގް ނެޓްވޯކްތަކުން އަބަދުވެސް ކުރާ މަސައްކަތެއް ގައުމުތަކުގެ މުއައްސަސާތަކާ ގުޅިގެން އެމީހުންގެ ޑްރަގް ވިޔަފާރި ފުޅާކުރުން. ދިވެހި ފުލުހުންނަށް މިއަދު އަޅުގަނޑު ގޮވާލަން.. ފުލުހުންގެ ޑްރަގް ޑިޕާޓްމެންޓް ތަކުން ތަހުގީގުކުރަން މި ގަވާއިދު ނެރުނީ ކޮންބައެއްތޯ؟ އެމީހުންނާ ދުނިޔޭގެ ޑްރަގް ނެޓްވޯކްތަކާ ގުޅުން އެބައޮތްތޯ؟

އިލްޔާސް ވިދާޅުވީ ފުލުހުންގެ ތަހުގީގަށްފަހު މަސްތުވާތަކެއްޗާ ގުޅުންހުރި ބަޔަކު ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ތެރޭގައި އުޅޭނަމަ އެކަން ހައްލުކުރަން ޖެހޭ ކަމަށެވެ.

އަޅުގަނޑުމެންދާ ބައެއް ފްލައިޓް ތަކުގައި އެބަގޮވާ އެގައުމަކަށް ޑްރަގް އެތެރެކުރުމަކީ މަރުގެ އަދަބު ލިބޭނެ ކަމެއްކަމަށް. އެކަމަކު މިގަވާއިދު ހެދިފަހުން ރާއްޖޭގަ އަޅުގަނޑުމެން ގޮވަންޖެހޭނީ ޑޯންޓް ވޮރީ ޔޫވިލްބީ ސެންޓް ހޯމް ސޭފްލީ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު، އެތަކެތި އަތުލުމަށްފަހު އަނބުރާ ފޮނުވާލި މައްސަލައެއް ފެންމަތިވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

އެމައްސަލައިގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފައިވަނީ މި މަހުގެ ހަވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާއިން ރާއްޖެއައި ބްރެޒިލް އަށް ނިސްބަތްވާ 23 އަހަރުގެ އަންހެނަކު މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވިގެން، ބަލާފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި ޓެސްޓް ކުރުމުން ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުރިކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އަދި އެތަކެތީގެ މަގުމަތީގެ އަގަކީ 6.5 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސް އިން ބްރެޒިލްގެ އަންހެން މީހާ ރާއްޖެ އެތެރެކުރި މަސްތުވާތަކެތި އަތުލައިގަތް ނަމަވެސް އެމީހާ ވަނީ ރާއްޖެ އެތެރެވިޔަ ނުދީ އަބުރާ ގައުމަށް ފޮނުވާލާފައެވެ. އެ އަންހެން މީހާ ފޮނުވާލާއފައިވަނީ ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތެއްގައި އެފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: