ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތެއް ނެތް: އޭސީސީ

އެންޓީ ކޮރޮޕްޝަން ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އޭސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ޤާނޫނަކުން ނައްސުން ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާ ކަމަށް  އެސެޓް ރިކަވަރީގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމަށް ހެދި ދިރާސާ ރިޕޯޓުން ދައްކައިފިއެވެ.

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ދިވެހިރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ދިރާސާގައި ބަލާފައިވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ހޯދުމަށް ދިވެހިރާއްޖޭގައި އެކަށައެޅިފައިވާ ނިޒާމުތަކާއި ޤާނޫނީ އޮނިގަނޑު އޮތް ގޮތާއި އެކަމުގައި ހުރި މައްސަލަތަކުގެ މައްޗަށެވެ.

މިގޮތުން، މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ކުށްކުރުމުގެ ސަބަބުން ދަޢުލަތުން ގެއްލިގެންދާ މުދަލާއި ފައިސާ ދަޢުލަތަށް އަނބުރާ ހޯދުމުގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން، އެ ނިޒާމުގެ މުއައްސަސީ އޮނިގަނޑު(އިންސްޓިޓިއުޝަނަލް ފްރޭމްވަރކް) އާއި ޤާނޫނީ އޮނިގަނޑު(ލީގަލް ފްރޭމްވަރކް) އޮތްގޮތް ދިރާސާކޮށް، މި ނިޒާމުގައި ހުރި މައިގަނޑު މައްސަލަތައް ދެނެގަނެ، އެފަދަ މައްސަލަތައް ޙައްލުކުރުމަށް، އިތުރަށް ރަނގަޅުކުރަންޖެހޭކަމަށް ފެންނަ ކަންކަން ފާހަގަކޮށް އިރުޝާދާއި ލަފާދިނުމެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވަނީ ޑޮކްޓްރިނަލް ލީގަލް ރިސަރޗް މެތަޑެވެ. އެގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ ޤާނޫނީ ނިޒާމު ރާއްޖޭގައި އޮންނަ ގޮތް ދެނެގަތުމަށް، ކަމާގުޅުންހުރި ޤާނޫނީ ލިޔެކިޔުން ދިރާސާކުރެވިފައިވާނެއެވެ.

މި ދިރާސާއިން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނުގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނީ، ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ޤާނޫނަކުން ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ ކަމުގައިވީނަމަވެސް، މިވަގުތު ކޮރަޕްޝަންގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ޤާނޫނަކުން ނައްސުން ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި ހަމައެހެންމެ، އެސެޓް ރިކަވަރ ކުރުމަށް ވަށާޖެހޭ ޤާނޫނެއްނެތުމުން ދިމާވާ ގޮންޖެހުންތައްވެސްވަނީ ފާހަގަވެފައެވެ.

އެހެންކަމުން ދިރާސާއިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް ނިޒާމަށް ގެންނަން ފެންނަ މައިގަނޑު 8 ލަފާ މި ދިރާސާ ކަރުދާހުގައި ހުށަހަޅާފައިވާނެއެވެ. މި ދިރާސާ ރިޕޯޓު ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު ވާނީ އާންމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: