ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާނުގައިވާގޮތަށް ގޯތި އިތުރުކޮށްދެއްވާނެ، އިތުރުކުރާ ގޯތީގެ އަދަދު ހާމަކުރާނީ ފަހުން: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިއްވި ރިޔާސީ ބަޔާނުގައިވާގޮތުގެ މަތިން ގޯތި އިތުރުކޮށްދެއްވާނެކަމަށާ، އިތުރުކުރާ ގޯތީގެ އަދަދު ހާމަކުރާނީ ފަހުންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަހަރަށް އިއްވި ރިޔާސީ ބަޔާނުގައި މާލެ ރައްޔިތުންނަށް ދޭން ވައުދުވެފައިވާ ގޯތީގެ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވައި، އިއްވި ރިޔާސީ ބަޔާނުގައި ރައީސް ސާލިހު ވިދާޅުވީ ހުޅުމާލެއިން 1،000 ގޯތީގެ އިތުރުން ގުޅީފަޅުން 2،000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައި މަދުވެގެން 2،000 ގޯތި މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުން ދޫކުރުމަށް ނިންމާފައިވާ ގޯތީގެ އަދަދު އިތުރު ކުރުމަށް ނިންމާފައިވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ކުރިން ސަރުކާރުން ހާމަކުރި އަދަދަށް ވުރެ ގިނައިން ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށެވެ. 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ދެންނެވި ގޮތަށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތާއި އެ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނަކަމަށް ރައީސް ވިދާޅުވިއެވެ.

ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި، ފްލެޓުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ހަމައެކަނި ސަރުކާރަށް މި ސަރުކާރު ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ޖާގައިގެ ގޮތުން ތަނަވަސް އަދި ހިތް ފަސޭހަ ފްލެޓުތަކަށް ވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ހާމަކުރެއްވި ގޮތުގައި މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20،697 އެޕްލިކޭޝަނެއް ލިބުނެވެ. އަދި ގޯތި ހީދުމަށް 15،164 އެޕްލިކޭޝަން ލިބިފައިވާއިރު އެ ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ދޭ ގޯތީގައި އިތުރުކުރުމަށް ނިންމާފައިވަނީ ކިތައް ގޯތިތޯ އާއި ގޯތި ދޭނީ ކޮންތާކުންތޯ އަދި މި ދައުރުގެ ތެރޭގައި މި ގޯތިތައް ދެވޭނެތޯ ނޫސްވެރިއަކު ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކޮށްފައެވެ. މިއުވާން ވިދާޅުވީ އެކަމާއި ގުޅޭ ތަފްސީލުތައް ފަހުން ހާމަކުރާނެކަމަށެވެ. އަދި ފާހަގަކުރެއްވީ ރައީސުލްޖުމްހުރިއްޔާގެ ރިޔާސީ ބަޔާނުގައި އިތުރުކޮށްދެއްވާނަންކަމަށް ވިދާޅުވެފައިވާފަދައިން ދެވޭ ގޯތީގެ އަދަދު އިތުރުވާނެކަމަށެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ހާމަކުރުމުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުން އެކަމަށް ފާޑުވިދާޅުވަނީ ކޮންމެ ރިޔާސީ ބަޔާނެއްގައި ވެސް އަދި ރަސްމިއްޔާތެއްގައި ވެސް ފްލެޓުތަކާއި ގުޅޭ ދެނީ އެކި ނަމްބަރުތައް ކަމަށް ބުނެއެވެ. އަދި އަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނެކަމަށް ބުނާ ގޯއްޗާއި ފްލެޓުތައް ހަވާލު ނުކުރެވޭކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: