ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މެޑިކަލް ރިޕޯޓް 241 ކޮމިޓީއަށް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލައިގައި އެ މަނިކުފާނުގެ ހަށިގަނޑަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފި އެވެ.

ރައީސް ނަޝީދުގެ މެޑިކަލް ރިޕޯޓް، ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ލިބިފައިވާ ކަމަށް  ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

241 ކޮމިޓީއަށް ހުށަހެޅި ރިޕޯޓަކީ ވަކި ފަރުދެއްގެ މެޑިކަލް ރިޕޯޓެއް ކަމަށާއި މެޑިކަލް ރިޕޯޓާ އެކު ފޮނުއްވާފައިވާ ސިޓީވެސް ފޮނުއްވާފައި ވަނީ ސިއްރު ސިޓީއެއްގެ ގޮތުގައި ކަމަށް އަސްލަމް ވިދާޅުވި އެވެ.
މެޑިކަލް ރިޕޯޓު ފޮނުވާފައިވަނީ ހަމައެކަނި ކޮމިޓީގެ މެންބަރުންގެ ސަމާލުކަމަށްވާތީ މެޑިކަލް ރިޕޯޓް އާންމު ނުކުރައްވާނެ ކަމަށެވެ. އަދި މެޑިކަލް ރިޕޯޓުން ކުރާނެ އިތުރު ދިރާސާއެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ. ރިޕޯޓް ފޮނުވީ ހަމައެކަނި ކޮމިޓީއާއި ހިއްސާ ކޮށްލަން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މެޑިކަލް ރިޕޯޓު 241 ކޮމިޓީގައި ސިއްރު ރިޕޯޓެއްގެ ގޮތުގައި ފައިލްކުރުމަށްވެސް އަސްލަމް ވަނީ ނިންމަވާފައެވެ،

ރައީސް ނަޝީދު މެޑިކަލް ރިޕޯޓަކީ ކޮމިޓީގެ މެންބަރުންގެ ސަމާލުކަމަށްޓަކައި ފޮނުވާފައިވާ ރިޕޯޓެއް ކަމުން ކޮމިޓީގެ މެންބަރުންނަށް ކޮންމެ ވަގުތަކުވެސް ރިޕޯޓު ބައްލަވާ ލެއްވޭނެ ކަމަށާއި ނަމަވެސް އެ ރިޕޯޓު އަދި ރިޕޯޓުގައިވާ އެއްވެސް މައުލޫމާތެއް ކޮމިޓީން ބޭރު ނުކުރެއްވުމަށް އަސްލަމް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.
ރައީސް ނަޝީދުގެ މެޑިކަލް ރިޕޯޓާއި ގުޅިގެން 241 ކޮމިޓީން ކުރަންޖެހޭ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގައި، އެމަިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އެ ހަމަލާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަނެވެ. އެކަމާގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ކުރަންޖެހުނެވެ. އެހެންކަމުން ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނު ވަނީ ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވައިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: