ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސް ރަށްވެހިންގެ މަރުކަޒެއް ގާއިމުކުރަނީ!

ރައީސް ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސް ރަށްވެހިން އެކަކު އަނެކަކާއި ބައްދަލުކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލައި އުޅެވޭނެ މާހައުލެއް ގާއިމުކުރެއްވުމަށް ގަސްދު ކުރައްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަފްލާގައި ވާހަަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އިސް ރަށްވެހިންނަށް އެކަށީގެންވާ ފަހި މާހައުލެއް ގާއިމުކޮށްދެއްވުމުގެ ގޮތުން އެމަނިކުފާނު ގަސްދުކުރައްވަނީ އިސް ރަށްވެހިންގެ އިޖުތިމާއީ މަރުކަތުތަކެއް މާލެ އަދި ރާއްޖޭގެ އެހެނިހެން ކަންކޮޅުތަކުގައި ބިނާ ކުރެއްވުމަަށް ކަމަށެވެ.

އަނބިކަނބަލުން ފަޒްނާ އަހުމަދު އަދި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ހިދުމަތްކޮށްދިނުމުގެ އިނާމުތައް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ދައުލަތާއި ރައްޔިތުންނަށް އިހުލާސްތރި އަގު ހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މާލޭގައި އިސް ރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކެއް ބިނާ ކުރެއްވުމަށް ކަނޑައެޅިފައިވަނީ ނާދީ ހުރި ބިމުގައިކަމަށެވެ. އަދި މާލޭގައި ބިނާ ކުރާ މަރުކަޒުގެ މަސައްކަތްތައް ނިމުމާއިއެކު، ރާއްޖޭގެ އެހެނިހެން ކަންކޮޅުތަކުގައިވެސް އެފަދަ ތަންތަން ހުޅުވުމަށް ގަސްދުކުރައްވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެފަދަ މަރުކަޒުތައް ބިނާ ކުރުމުގެ އެއް މަގުސަދަކީ އިސް ރަށްވެހިންނަށް ދޭންޖެހޭ ހައްގު ގަދަރާއި އިހުތިރާމް ހޯދައިދިނުމަށް މަގުފަހި ކުރުންކަމަށެވެ. އަދި ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ހިއްސާ އިތުރުކޮށްދިނުމާއި، ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާއްވައި ހިންގުންވެސް މަރުކަޒުތައް ބިނާ ކުރުމުގެ މަގުސަދުގައި ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: