ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ ހެޔޮ ވެރިކަމަކާއި އިދިކޮޅު އަމަލުތައް: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އަމަލު ކުރަމުންދަނީ އެމްޑީޕީން ބަޔާކުރަމުން އައިސްފައިވާ ހެޔޮ ވެރިކަމެއް ގާއިމު ކުރުމާއި އިދިކޮޅަށްކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ދެ ބަސްވުންތަކާއި، ހިޔާލުތަފާތުވުންތައް އުފެދި އެމްޑީޕީގެ ތެރޭގައި މިވަގުތު އޮތީ ސަރުކާރާއި އެއްކޮޅު އަދި ސަރުކާރާއި ދެކޮޅު ފެކްޝަނެކެވެ. ރިޔާސީ ޕްރައިމެރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވުމުން، ރައީސް ނަޝީދާއި އަރިސް މެމްބަރުން ސަރުކާރަށް ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ދަނީ ފާޑުކިޔަމުންވެވެ. މެމްބަރުން ޕާޓީގެ އަސާސީ ގަވައިދާއި ހިލާފުވާކަމަށް ބުނެ، ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެމްބަރުން މިހާރު މި ސަރުކާރު ސިފަ ކުރަނީ ބާރާއި ނުފޫޒު ބޭނުން ކުރާ ޑިކްޓޭޓާޝިޕެއްގެ ގޮތުގަ އެވެ.

ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރައްވައި ވަހީދު ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަހުލާގީ މިންގަނޑުތައް އެކަށީގެންވާ އުސޫލެއްގެ ދަށުން ބަހައްޓާކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. އަދި އެ ބޭފުޅުންނަށް ސަރުކާރުގެ ސިޔާސަތުތައްވެސް ތަންފީޒު ކުރުމަށް މަސައްކަތްތަކެއް ނުކުރެވޭކަމަށް އެނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރު ނިމޭއިރު، އޮތީ ސަރުކާރުގެ ތެރޭގައި އެތައް ސަރުކާރެއް ހިންގުމަށް ދޫކޮށްލާފައިކަމަށެވެ.

އެނާ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ އޮތީ ރައްޔިތުންގެ މަޖިލީހުގެ އަތް މަތީގައިނަމަވެސް، އެ މަޖިލީހަކީ މިހާރު “ރައީސުލްޖުމުހޫރިއްޔާގެ މަޖިލީސް” ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީތައްވެސް މިހާރު ބަދަލުވެފައިވަނީ މިނިސްޓްރީތަކުގެ “ބިއުރޯތަކަކަށް” ކަމަށާއި، ފެންނަމުންދާ އަމަލުތަކަކީ އެމްޑީޕީގެ ހެޔޮވެރިކަމެއް ގާއިމު ކުރުމުގެ ވިސްނުމާއި ހިލާފު ކަންކަން ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: