ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިގު މުއްދަތަށް ދައުލަތަށް ހިދުމަތްކުރެއްވި ބޭފުޅުން އަމިއްލަ ނަން ހުށަނޭޅިއަސް އިނާމު ދެނީ!

ދިވެހި ދައުލަތައް ޚިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން. ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

45 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކޮށްދެއްވާ، ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރިކޯޑުތައް ރައީސް އޮފީހުން ހޯދުމަށްފަހު ގައުމީ އިނާމާއި ބެހޭ ކޮމިޓީއަށް ހުށައަޅައިގެން އެފަރާތްތަކަށް އިނާމުދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ނަމުގައި ގައުމީ ފެންވަރުގެ ޝަރަފުވެރި އިނާމެއް ދޭން ނިންމީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައިކަމަށެވެ. އަދި ވިދާޅުވީ އެއީ އެބޭފުޅުން ކޮށްދެއްވި ހިދުމަތްތަކަކީ އޭގެ އަގު ވަޒަން ނުކޮށް ދޫކޮށްލެވިގެން ނުވާނެ ހިދުމަތްތަކެއްކަމުގައިވާތީކަމަށެވެ.

އެބޭފުޅުން އެކޮށްދެއްވި ހިދުމަތްތަކަކީ ހަޔާތުގެ ވަރަށް ބޮޑު ބައެއް، ގައުމީ ހިދުމަތަށް ހުސްކުރައްވާ ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި ރެޔާ ދުވާލުކުރެއްވި ބުރަ މަސައްކަތުންވެވަޑައިގެންނެވި ގުރުބާނީ

ގިނަ ބަޔަކަށް މި އިނާމު އަރުވާފައިވީ ނަމަވެސް، ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވި ބޭފުޅުން އެބަތިބިކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، 45 އަހަރަށްވުރެ ގިނައިން ދައުލަތަށް ހިދުމަތްކޮށްދެއްވި ބޭފުޅުންގެ ތެރެއިން މި ޗަރަފު ނޭރުވޭ ކިތައް ބޭފުޅުން އެބަތިބިތޯ ބެއްލެވިންކަމަށެވެ. އަދި އެމަނިކުފާނަށް އެގުނު ގޮތުގައި އެ އަދަދު 70 އާއި ކައިރިކުރެއެވެ. އެބޭފުޅުންގެ ނަން އިނާމަށް ހުށައެޅުމުގައި ދިމާވާ އެންމެ ބޮޑު ދަތީގެ ގޮތުގައި ރައީސް ސާލިހު ފާހަގަކުރެއްވީ ބައެއް ބޭފުޅުންގެ އަތްޕުޅުގައި ހިދުމަތާއި ބެހޭ ރެކޯޑުތައް ނެތުމެވެ. އަދި އޭގެތެރެއިން ގިނަ ބޭފުޅުން ހިދުމަތްކުރައްވަން ފެއްޓެވީ މީގެ އެތައް އަހަރެއް ކުރިންކަން ރައީސް ފާހަގަކުރެއްވިއެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބައެއް އޮފިސްތައް އުވާލެވިފައިވާކަމަށާއި، އަދި އުވާލެވިގެންދިޔައިރު ސަރުކާރަށް ބައެއް ބޭފުޅުން ކޮށްދެއްވާފައިވާ މަސައްކަތުގެ ރިކޯޑް ލިބޭނެގޮތެއްވެސް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. އެބޭފުޅުންގެ ނަން ހުށައެޅުއްވުމުގައި ދައުލަތުގެ މުއައްސަސާތަކަށްވެސް ދަތިތަކާއި ކުރިމަތިވާކަމަށް ރައީސް ވިދާޅުވިއެވެ.

ބައެއް ބޭފުޅުން އިނާމަށް ނަން ހުށައަޅަން ބޭނުންނުވާ ވާހަކައަކީ އެމަނިކުފާނާއި ހަމައަށްވެސް އަދި ގައުމީ އިނާމު ކޮމިޓީއަށްވެސް ހުށައެޅޭ މައްސަލައެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެފަދަ ބޭފުޅުންނަށާއި، ދިގު މުއްދަތަށް ހިދުމަތްކުރައްވާ ވަކިވެވަޑައިގަނެފައިވާ ބޭފުޅުންނަށްވެސް މި ޝަރަފު އަރުވަންޖެހޭކަމަށް އެމަނިކުފާނުދެކެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެކަން ފެށުމުގެ ގޮތުން 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކޮށްދެއްވާ، ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރިކޯޑުތައް ރައީސް އޮފީހުން ހޯދުމަށްފަހު ގައުމީ އިނާމާއި ބެހޭ ކޮމިޓީއަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

އެކަން ފެށުމުގެ ގޮތުން އަޅުގަނޑު މިހާރު ގަސްދުކުރަނީ، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށްފަހު، ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން އެކަން ކުރިއަށް ގެންދަން

މިގޮތަށް ހުށައެޅޭ ބޭފުޅުންނާއި ކޮމިޓީއިން ބައްދަލުކުރައްވާ އިތުރު މައުލޫމާތު ހޯދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގައުމީ ހިދުމަތުގައި މަތީ އަރުތަ ހޯއްދަވައި ބޭފުޅުންގެ އަގުވަޒަން ކުރުމާއި ހަމައިން އެކަން ނިމުނީކަމަށް ދެކިގެންނުވާނެކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، އެފަދަ ބޭފުޅުނަންނަކީ ގައުމީ ތަރައްގީގެ ވަރަށް މުހިންމު ހިއްސާދާރުންތަކެއްކަމަށެވެ. އަދި ދިވެހި ދައުލަތް މިހާ ހިސާބަށް އައުމުގައި އެބޭފުޅުންގެ ބައިވެރިވުމާއިި، މިން ނެތް މަސައްކަތް ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިހާރު އެބޭފުޅުން ތިއްބެވީ ދޮށީ އުމުރުގެ މަރުހަލާގައިކަމަށެވެ. ނަމަވެސް ދިވެހި ގައުމު ހޯދާފައިވާ ކުރިއެރުމާއި ތަރައްގީގެ އަސްލަކީ އެބޭފުޅުންގެ ޒުވާންކަމުގެ ހަކަތައާއި ބުންވަރުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: