ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި އިނދެފައި އައިސް ކީރިތި ކުރައްވާ ވަރު މީހުން މި ނުކުމެ އުޅެނީ: މިނިސްޓަރު މާރިޔާ

މިނިސްޓަރު މާރިޔާ: ފޮޓޯ/ ރައީސްގެ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ އިސް އެކްޓިވިސްޓަކުން އިންޑިއާއިން ޑީޕޯޓުކޮށްލި މައްސަލައަށް އަލި އަޅުއްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ސާލިހަށް ރިޔާސީ ޓިކެޓު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިދިކޮޅުގެ “އިންޑިއާ އައުޓް” ހަރަކާތައް އަލި އަޅުއްވައި މިނިސްޓަރު ވިދާޅުވީ، އެނާ އާއި ދިފާއީ ވަޒީރުންކަން ހަވާލު ކުރެއްވީ ދިވެހި ދިފާއީ ބާރުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ގާބިލުކަން އިތުރު ކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށްކަމަށެވެ. އަދި މި ފަހުން ހިނގައި ގޮސްފައިވާ ހާދިސާއެއްގެ ސަބަބުން ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާތައް ފެނިގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްގެ އެކްޓިވިސްޓަކު އިންޑީއާއިން ޑީޕޯޓުކޮށްލި މައްސަލައަށް އަލި އަޅުއްވައި މިނިސްޓަރު ވިދާޅުވީ، “އިންޑީއާ އައުޓް” ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ދާދި ފަހުން އިންޑިއާއަށް ވަޑައިގެންނެވިކަމަށެވެ. އަދި އެއަށްފަހު ފެނިގެންދިޔައީ އަނބުރާ ވަޑައިގެންނެވި މަންޒަރުކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެ ވަގުތު އެތަނުގައި ކެމެރާތައްވެސް އަޅުވާފައި ހުރިކަމަށެވެ. އަދި މޫނުގައި އަތް އަޅާ މަންޒަރު ފެނިގެންދިޔަކަމަށާއި ހީވެގެންދިޔައީ ކީރިތި ކުރެއްވިހެންކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މުޅި އުމުރު ސިފައިންނާއި ފުލުހުންގެ ތެރޭގައި ހޭދަ ކުރެއްވިކަމަށް އެނާ ވިދާޅުވެފައިވާކަމަށެވެ. އަދި ދިދަ ހިފައިގެން ކުރީ ސަފުގައި ޖަޑިބެއްހެން ހަރަކާތްތެރިވާ މަންޒަރުވެސް ފެނިފައިވާކަމަށާއި އެހެންނަމަވެސް އިންޑިއާގެ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ވަގުތުތަކެއް ހޭދަ ކުރުމަށްފަހު، އެނާ އަނބުރާ ރާއްޖެއަށް ވަޑައިގެންނެވީ ކީރިތި ކުރައްވަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސިޔާސީ މަސައްކަތަކުގައި ނުކުމެ މި އުޅެމުންދަނީ “މިވަރު މީހުން” ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ ދިވެހި ސިފައިންނާއި ފުލުހުންނަކީ ހިތްވަރު ގަދަ ބައެއްކަމަށާއި، އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ހުރެފައި އައިސް ރޮއެ ނުގަންނާނެކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: