ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަވަށްޓެރި ގައުމުތަކަށް ހިތު ހުރި އެއްޗެއް ގޮވުމުގެ ނަތީޖާގެ ވާހަކަ ދައްކަން ކެރެންޖެހޭ: މިނިސްޓަރު މާރިޔާ

ރޭ އާޓިފިޝަން ބީޗުގައި ބޭއްވި "އިބޫ 2023" ޖަލްސާގައި މާރިޔާ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއާ އައުޓް” ފަދަ ހަރަކާތްތަކުގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާތަކުގެ ވާހަކަ ދައްކަން ކެރިވަޑައިގަންނަވަން ޖެހޭކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ޑީޕޯޓުކޮށްލި ޕީޕީއެމްގެ އިސް އެކްޓިވިސްޓަކަށް މިނިސްޓަރު ޖޯކު ޖެއްސެވުމާއިއެކު، ގިނަ އަދަދެއްގެ އާމުންވަނީ އެނާއަށް ފާޑުކިޔާފައެވެ. އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ، “އިންޑިއާ އައުޓް” ހަރަކާތް ކުރިއަށް ގެންދިޔައީ ޒަރޫރީ ބޭނުންތަކަށް ދާންޖެހޭ ގައުމުތަކާއިމެދު ހިތު ހުރި ވާހަކަތަކެއް ނުދެއްކުމަށް އިލްތިމާޒް ކޮށްފައިވަނިކޮށްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހިތު ހުރި އެއްޗެއް ގޮވުމަށް ފަހު، އެ ގައުމަކަށް ދިއުމުން އަނބުރާ ފޮނުވާލުމާއި އެކު، ރޯންޖެހޭ ރުއިން ފެނި އެގޮތަށް އިތުރު ރައްޔިތަކަށް ނުވާކަން ޔަގީން ކުރައްވަންޖެހޭކަމަށެވެ. އެހެންކަމުން އެ ވާހަކަތައް ދައްކަން ކެރެން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: