ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު ހިޔާނާތްތެރިންނަކީ އިބޫ އާއި ޝާހިދު: އާދަމް ޝަރީފް

މަޑުއްވަރި ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު ރައީސް އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް އެންމެ ބޮޑަށް ހިޔާނާތްތެރިވެފައިވާ ފަރާތްތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން އަދި އެމަނިކުފާނުގެ ސަރުކާރަށް ޝާހިދު އަމާޒުކުރެއްވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި، އާދަމް ޝަރީފް ވިދާޅުވީ، އެންމެ ބޮޑު ހިޔާނާތްތެރިންނަކީ ރައީސް ސާލިހު އަދި މިނިސްޓަރު ޝާހިދުކަމަށެވެ.

އެނާ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އެ ބޭފުޅުން އިންޑިއާ ސިފައިން ރާއްޖެ ގެނައުމަށް މަސައްކަތްކުރެއްވިކަމަށެވެ. އަދި ރައީސް ޔާމީން އެ ފުރުސަތު ނުދެއްވިކަމަށާއި އެހެންނަމަވެސް ވެރިކަން ލިބުމާއިއެކު، ރައީސް ސާލިހު އަދި މިނިސްޓަރު ޝާހިދު ގުޅިވަޑައިގެން ރާއްޖޭގެ ސިޔާދަތީ ބާރުތައް ވިއްކާލާފައިވާކަމަށް އެނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުންކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާކަމަށްވެސް އާދަމް ޝަރީފް އަލިއެޅުއްވިއެވެ. އެނާ ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމަށް ބާކީ އޮތީ 7 މަސް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ރައީސް ސާލިހަށް ލިބިވަޑައިގަންނަވާނީ 3 ވަނަ ކަމަށްވެސް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެންމެ ކުރީގައި އޮންނާނީ ރައީސް ޔާމީންކަމަށެވެ. އަދި ބައިބައިވެފައިވާ އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ނެތްކަން ޓިކެޓު ހަވާލު ކުރުމުގެ ޖަލްސާއަށް މީހުން ގެނައުމަށް ކުރި ހަރަދުންވެސް ސާފުވާކަމަށް އެނާ ފާހަގަކުރެއްވިއެވެ. އެނާ ވިދާލުވީ، ދައްކާނެ ވާހަކައެއް އަދި ވިއްކާނެ ޕްރޮޑަކްޓެއް ނެތުމުން ޖަލްސާގައި ގޮވީ “ކޮސް” ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: