ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއަށް ތާއީދު ކުރަންޏާ ދިވެއްސަކަށްވެސް ނުވަނީތަ؟

އެމްއެންޑީއެފްއިން ބޭއްވި ހަފްލާއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެމްއެންޑީއެފްގެ އިސް ފަރާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ އިސް އެކްޓިވިސްޓަކަށް ކުރިމަތިވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ އެޅިފައިވާ އެއް ފަރާތެއްކަމަށްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޖޯކު ޖެއްސެވުމުން އެ ފެނިގެންދިޔައީ ވެރިކަމުގެ ދެވަނަ ދައުރެއްގައި ފިކުރު ތަފާތު މީހުންނާއިމެދު އަމަލުކޮށްފާނެ ގޮތުގެ މިސާލެއްކަމަށް ބުނެވިދާނެއެވެ.

އެކަމަނާގެ ވާހަކަތައް ބައްޓަން ކުރެއްވި ގޮތުން، ޖޯކު ޖެއްސެވީ އެކަމަނާ ނިސްބަތްވާ ގައުމުގެ ރައްޔިތަކަށް ދިމާވި ހާދިސާއަކާއިމެދުއެއް ނޫންކަމަށް ހީވެގެންދެއެވެ. ޖޯކު ޖެއްސެވީ އަދުއްވެއްގެ މައްޗަށް ފަދައެވެ. ހުރިހާ ރައްޔިތުންގެ މައްޗަށް ބާރު ފޯރުވޭ މަގާމެއްގައި ހުންނެވި މީހެއްގެ ފަރާތުން ވަކި ޕާޓީއެއްގެ ބަޔަކާއިމެދު މި މިންވަރުގެ ތަފާތު ކުރުންތަކެއް ގެންގުޅޭކަން ހާމަވުމާއިއެކު މިއަދު ރައްޔިތުންގެ ހިތުގައި ވެރިވެފައިވަނީ ބިރުވެރިކަމެވެ. އެ ދަންނަވާ ހެޔޮ ވެރިކަމާއިމެދު ގިނަ ސުވާލުތައްވެސް އުފެދިއްޖެއެވެ.

ދިވެހި ރައްޔިތަކަށް ބޭރު ގައުމެއްގައި ތަހައްމަލު ކުރަންޖެހުނު ނާމާންކަމާއިމެދު ސަކަ މިޒާޖަކުން މިނިސްޓަރު ވާހަކަދެއްކެވި އިރު ރައީސުލްޖުމުހޫރިއްޔާވެސް ހިމެނިވަޑައިގަންނަވާހެން، ގައުމުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވީ އެކަމަނާއަށް ތަރުހީބު ދެއްވަންށެވެ. ދިވެހި ރައްޔިތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް އެވެރިންނަށް ވެގެންދިޔައީ މަޖާ ކަމަކަށެވެ.

ޕޯޑިއަމްއެއްގެ ކުރިމަތީ ހުއްޓި ހުރެ މިނިސްޓަރު މާރިޔާ ދެއްކެވީ، ދިވެހި ރައްޔިތަކާއި އެނާގެ އާއިލާއަށް ކުރިމަތިވެގެންދިޔަ ހިތާމައަށް އެެއްވެސް ހަމްދަރުދީއެއް ކުލުނެއް ނެތްކަމެވެ. އެނާ އަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މީހެއްކަމަށްވުމުން، ދިވެހި ރައްޔިތެއްގެ ގޮތުގައިވެސް ބަލައިނުގަންނަ ފަދައެވެ. އެ ހާދިސާ އާއި ގުޅިގެން ފިޔަވަޅެއް އެޅުމަށް ވިސްނަވާ ކަމަށް ނުވަތަ ތަހުގީގެއް ހިންގަވާ އެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅެއް ނުވިއެވެ.

ވިދާޅުވީ، އިދިކޮޅުގެ ހަރަކާތްތަކުގައި ނުކުމެ އުޅުއްވަނީ ބޭރު ގައުމެއްގެ ފިނި ކޮޓަރިއެއްގައި ބޭންދުމުން ގައުމަށް އެނބުރި އައިސް ކީރިތި ކުރައްވާ މީހުންކަމަށެވެ.

އެހެންނަމަވެސް އެންމެ ބޮޑަށް ރައްޔިތުންގެ ކަންފަތުގައި އަޅައިގަތީ ސަލާމަތީ ބާރުތަކާއިމެދު ދެއްކެވި ވާހަކަތަކެވެ. އެކަމަނާ ދެއްކެވި ވާހަކަތަކުން ޝަހީދު ހުސައިން އާދަމް ފަދަ ހިތްވަރު ގަދަ ބަތަލުނަށްވެސް އިހުތިރާމެއް ނެތްކަމަށް ސިފަވެގެންދިޔައެވެ. ދިވެހި ސިފައިން ޒަމާނުއްސުރެ ދައްކަމުން އައިސްފައިވާ އަޒުމާއި ހިތްވަރު ހަނދުމައިގައި ނެތްކަމަށް ފެނިގެންދިޔައެވެ.

Dr. Phairoosch on Twitter: “Unacceptable, Minister @MariyaDidi! By mocking a Maldivian citizen at a political podium you have not humiliated the retiree but made the public question the strength of your character, which is among the basic qualities expected in a minister, especially defense minister.” / Twitter

އެ އެކްޓިވިސްޓަކީވެސް ފުލުހުންނާއި ސިފައިންގެ ތެރޭގައި އުޅުއްވާފައިވާ ބޭފުޅެއްކަމަށް ފާހަގަކުރައްވާ ވިދާޅުވީ، މިހާރު ތިބި ސިފައިންނަކީ ފިނި ކޮޓަރިއެއްގައި ތިބެފައި އައިސް ރޯނެ ބައެއް ނޫންކަމަށެވެ. ވިދާޅުވި ބަސްތަކުން، އެކަމަނާގެ ބެލުމުގެ ދަށަށް ދިފާއީ ބާރުތައް އައުމުގެ ކުރިން ތިއްބެވީ ފިނޑި ސިފައިން ކަމަށް ދޭހަވެއެވެ.

ނޭނގި ނަމަވެސް އެ ވިދާޅުވެވުނީ ހަގީގަތުގައި ކަންކަން ދެކިވަޑައިގަންވާ ގޮތްކަމަށްވެސް ވެދާނެއެވެ. މީގެ ކުރިންވެސް މިނިސްޓަރުވަނީ ދިވެހި ސިފައިންނަށް ގައުމުގެ އަމަން ނުބެލެހެއްޓޭނެކަމަށް ވިދާޅުވެފައެވެ. ވިދާޅުވީ ރާއްޖެ ހިފުމަށް ބޭރު ގައުމަކުން މަސައްކަތް ކޮށްފި ހާލަތެއްގައި ދިފާއު ނުކުރެވޭނެކަމަށެ. އެހެންކަމުން މިއަދު ރައްޔިތުންދަނީ އެކަމަނާ އާއި މަގާމާ ބައްދަލުތޯ ސުވާލު އުފައްދަވަމުންނެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 11%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: