ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާ ސަމަދަށް ކުރި މަލާމާތަށް، ޝިޔާމްގެ ރައްދު: ޖަވާބުދާރީ ކުރުވަން މަޖިލީހަށް ހާޒިރު ކުރާނަން!

ދިފާއީ ވަޒީރު މާރިޔާ ދީދީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ އެކްޓިވިސްޓު އަދި އެ ޕާޓީގެ ސެނެޓް މެމްބަރު އަބްދުއްސަމަދަށް ޖޯކު ޖައްސަވައި ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަތަަކަށް ޖަވާބުދާރީކުރުވަން މަޖިލީހަށް ހާޒިރު ކުރާނެކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މާރިޔާ ވަނީ ”އިންޑިއާ އައުޓް“ ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ދާދި ފަހުން އިންޑިއާއަށް ވަޑައިގެންނެވިކަމަށް ބުނެ މަލާމާތުގެ ރާގެއްގައި ވާހަކަދައްކަވާފައެވެ. އެގޮތުން އިންޑިއާއަށް ވަޑައިގަތުމަށް ފަހު ދެން ފެނިގެން ދިޔައީ އަނބުރާ ވަޑައިގެންނެވި މަންޒަރުކަމަށާއި، އެ ވަގުތު އެތަނުގައި ކެމެރާތައް ވެސް އަޅުވާފައި ހުރިކަމަށް ވިދާޅުވިއެވެ. އަދި މޫނުގައި އަތް އަޅާ މަންޒަރު ފެނިގެންދިޔަކަމަށާއި ހީވެގެންދިޔައީ ކީރިތި ކުރެއްވިހެންކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މުޅި އުމުރު ސިފައިންނާއި ފުލުހުންގެ ތެރޭގައި ހޭދަ ކުރެއްވިކަމަށް އެނާ ވިދާޅުވެފައިވާކަމަށެވެ. އަދި ދިދަ ހިފައިގެން ކުރީ ސަފުގައި ޖަޑިބެއްހެން ހަރަކާތްތެރިވާ މަންޒަރުވެސް ފެނިފައިވާކަމަށާއި އެހެންނަމަވެސް އިންޑިއާގެ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ވަގުތުތަކެއް ހޭދަ ކުރުމަށްފަހު، އެނާ އަނބުރާ ރާއްޖެއަށް ވަޑައިގެންނެވީ ކީރިތި ކުރައްވަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސިޔާސީ މަސައްކަތަކުގައި ނުކުމެ މި އުޅެމުންދަނީ “މިވަރު މީހުން” ކަމަށެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ ދިވެހި ދަރިއަކާއި ދޭތެރޭ އަދި ހާއްސަކޮށް ދިވެހި ސަލާމަތީ ހިދުމަތުގައި ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކުރެއްވުމަށްފަހު، ޝަރަފުވެރިކަމާއިއެކު ރިޓަޔަރ ޖކުރައްވާފައިވާ އަބްދުއްސަމަދު (ސަމަދުބެ) އާއި ދޭތެރޭ މާރިޔާގެ ދަށުދަރަޖައިގެ ބަސްމަގަށް ހާޒިކުރުވަން މަޖިލީހަށް ހާޒިރުކުރާނަންކަމަށެވެ.

އެ ވާހަކަތައް މިނިސްޓަރު ދެއްކެވީ ވަކި މީހެއްގެ ނަން ވިދާޅުނުވެ ނަމަވެސް، އެއީ އަބްދުއްސަމަދު (ސަމަދުބެ) ގެ ވާހަކަތައްކަމަށް ގިނަ ބަޔަކު ވަނީ ޔަގީންކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މާރިޔާއަށް ފާޑުކިޔަމުންނެވެ. އަދި ވަޒީރުކަމުގައި ހުންނަވާ އެފަދައިން ވާހަކަދެއްކެވުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށް ސިޔާސީ ބޭފުޅުންނާއި އާންމުންވެސް އަންނަނީ ފާހަގަކުރަމުންނެވެ.

ނަމަވެސް މާރިޔާ ވަނީ އޭނާ ރޭ ދެއްކެވި ވާހަކަތައް ދިފާއުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: