ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ލީޑަރުކަމަށް ކުރިމަތިލެއްވީ ގާސިމް އެކަނި، ނައިބުކަމަށް ނަހުލާ!

މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުކަމަށް ކުރިއެކޭވެސް އެއްފަދައިން ގާސިމް އިބްރާހީމް ކުރިމަތިލައްވައިފިއެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސާލިހު މައުލޫމާތުދެއްވާފައިވާ ގޮތުގައި އެ ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިއަދު 12 ޖަހާއިރަށް ހަމަވެފައިވާކަމަށެވެ. އެ ވަގުތާއި ހަމައަށް ލީޑަރުކަމަށް ކުރިމަތިލައްވާފައިވަނީ ގާސިމް އެކަންޏެވެ.

ޖޭޕީގެ ފަރާތުން މިހާތަނަށް ރައީސްކަމަށް ކުރިމައްތިލައްވާފައިވާ ހަމައެކަނި ބޭފުޅާއަކީވެސް ގާސިމްކަމަށްވާއިރު، މިހާތަނަށް ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައިވަނީވެސް ގާސިމް އެކަންޏެވެ. ޖޭޕީގެ ލީޑަރޝިޕްގައި ރައީސްކަމަށް ކުރިމަތިލެވޭފަދަ ގާބިލް އެތައް ބަޔަކު ތިބުމާއިއެކުވެސް އެ މަގާމަށް ކޮންމެ ފަހަރަކުވެސް ކުރިމަތިލައްވަނީ ހަމަ އެމަނިކުފާނު އެކަނިކަން ފާހަގަކުރެވެއެވެ.

ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) އެވެ.

ދާދި ފަހުން ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެފައިވަނީ ޕާޓީގެ ރައީސް ހޮވުމާއި އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިންމާ ނިމުންތައް ނިންމުން އޮންނާނީ ޕާޓީގެ ފަރާތުން މި މަހުގެ 25-26 އިން ބާއްވާ ގައުމީ ކޮންފަރެސްގައިކަމަށެވެ. އެ ކޮންފަރެސްގައި ޕާޓީގެ ރައީސް އާއި ނައިބު ރައީސް އާއި ޒުވާނުން ގޮފީގެ ރައީސުން ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: