ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅައިފި

ރިޔާސީ އިންތިހާބުގެ ވޯޓު ނަތީޖާ އިއުލާނު ކުރުމުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބު ތަކާއިބެހޭ އާއްމު ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އިންތިހާބާއި ބެހޭ ގާނޫނަށް އިސްލާހުތައް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު އެވެ.

އާއްމު އިންތިހާބުތަކާއި ބެހޭ ގާނޫނަށް ހުށަހެޅުނު އިސްލާހުތަކުގެ ތެރޭގައި ރަސްމީ އިންތިހާބީ އޭޖެންޓް މަރުވުމުން، އިސްތިއުފާދިނުން ނުވަތަ ވަކިކުރުމުން އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހޭ މުއްދަތަށް ބަދަލު ގެނައުން ހިމެނެއެވެ.

އިންތިހާބުގެ ރަސްމީ އޭޖެންޓް މަރުވުމުން، އިސްތިއުފާދިނުމުން ނުވަތަ ވަކިވެއްޖެނަމަ ގިނަވެގެން 48 ގަޑިއިރު ތެރޭގައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެކަން ހުށަހެޅުމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ވޯޓުލާ މަރުކަޒުތަކުން ވޯޓާބެހޭ ތަކެތި މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މަދުވެގެން ތިން މީހުންގެ ހަވާލުގައި ކަމަށް އޮތް އޮތުން ދެ މީހުންނަށް ބަދަލުކުރަން ހުށަހަޅާފައިވެއެވެ.

މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދުގެ އެއް ޕަސަންޓްއަށްވުރެ އިތުރުނުވާ އަދަދެއްގެ ވޯޓު ކަރުދާސް ފޮނުވަންވާނެ ކަމަށް އޮތް އޮތުމަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އިސްލާހު ހުށަހަޅާފައިވަނީ، މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދުނަމަ ގިނަވެގެން އިތުރަށް އެއް ވޯޓު ކަރުދާސް ފޮނުވުމަށެވެ.

ކެންޑިޑޭޓުންގެ މާލީ ބަޔާން އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭއިރު އެ މުއްދަތު އެއް މަސް ދުވަހަށް ބަދަލުކުރުމަށް އިސްލާހު ހުށަހަޅާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަނީ ރިޔާސީ އިންތިހާބާއި ބެހޭ  މައުލޫމާތު މީގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީއާ ހިއްސާކޮށްފައެވެ. އެގޮތުން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު މި ޖުލައިމަހުގެ 23 ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަަމަށް ވިދާޅުވެފައެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓޫންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުގެ މުއްދަތު 10 ދުވަހަށް ހުޅުވާލި ނަމަވެސް އެމުއްދަތު 14 ދުވަހަށް އިތުރުކުރުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އެގޮތުން އެއިސްލާހު ފާސްވެއްޖެނަމަ ކެންޑިޑޭޓުންގެ ނަން ކޮމިޝަނަށް ހުށަހަޅާ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: