ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަމުން ދަނީ ހަދާ ގަވާއިދުތަކުން ގާނޫނުގެ ބާރު ކަނޑުވާލާތަން: އަފީފް

ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންނަމުން ދަނީ ހަދާ ގަވާއިދުތަކުން ގާނޫނުގެ ބާރު ކަނޑުވާލާތަންކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށައަޅުއްވާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި، ސިއްހީ ރައްކާތެރިކަމުގެ ބިލާއި ގުޅޭ ގޮތުން ވާހަދައްކަވަމުން އަފީފް ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މަސައްކަތުގެ މާހައުލުން ލިބިދާނެ ޖިސްމާނީ އަނިޔާތަކުން ސަލާމަތްކުރުން ނޫންކަމަށެވެ. އަދި އޭގެ ބަދަލުގައި އެ މަސައްކަތުގެ މާހައުލުގައި އުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް ފުރިހަމައަށް ލިބޭތޯ ބަލަންޖެހޭކަމަށް އަފީފް ވިދާޅުވިއެވެ.

ސަރުކާރުގެ އެކިއެކި ކުންފުނިތަކުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަކި ގޮތަކަށް މަސައްކަތްކުރުމަށް ނުވަތަ ކަންކަން ކުރަން އަންގާ އެމީހުންނަށް ބިރުދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް އަފީފް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ކަންތައްތަކުގެ ސަބަބުން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ގެއްލިގެންދާކަމަށް ވިދާޅުވިއެވެ. މަސައްކަތްތެރިންނަށް ސިޔާސީ ނުފޫޒު ފޯރުވުން މަނާކުރެވިފައި އޮންނަންޖެހޭކަމަށާއި، އެފަދައިން ބިރުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ގޮތެއްވެސް ބިލުގައި ފާހަގަކޮށްފައި އޮންނަންޖެހޭކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ގާނޫނުތަކެއް ހެދިދާނެކަމަށާއި، އެހެން ނަމަވެސް ލިބިދޭ ބާރުން ހަދާ ގަވާއިދުތަކުގެ ސަބަބުން ގާނޫނުގެ ބާރު ކެނޑޭކަމަށް ފާހަގަކުރައްވާ އަފީފް ވިދާޅުވީ ގަވާއިދުތައް ހަދަންޖެހޭނީ ގާނޫނު ހިންގުމަށްޓަކައިކަމަށެވެ. އަދި ގާނޫނުގައި ބުނާ އެއްޗެއްގެ ބާރު ކަނޑުވާލާ، ގާނޫނުގައި ބުނާ އެތި ބަދަލުވާތަފަ ގަވާއިދުތައް ހެދިގެންނުވާނެކަމަށް ވިދާޅުވިއެވެ.

ނަމަވެސް އަޅުގަނޑުމެންނަށް މިހާރު ފެންނަމުން މިދަނީ މިފަދަ ގާނޫނުތައް ފާސްކޮށްފަ ދެން ހަދާ ގަވާއިދުތަކުން މުޅި ގާނޫނުގެ މުޅި ބާރު ކަނޑުވާލާތަން. މިއީ އަޅުގަނޑު ވަރަށް ކަންބޮޑުވާކަމެއް.

ބިލެއް ފާސްކުރެވި ގާނޫނުތަކެއް ހެދިގެންދާއިރު ދެން ކަންތައްކުރަންޖެހޭ ގޮތް ދެނެގަތުމާއި އެނގުން ވަރަށް މުހިންމުކަމަށް އަފީފް ފާހަގަކުރެއްވިއެވެ. ގާނޫނުތަކުގެ ދަށުން ހުރި ގަވާއިދުތަކަކީ ގާނޫނަށް ފުށޫއަރާ ގަވާއިދުތަކެއްކަމަށްވުމުން މަޖިލީހުން އެކަން ފާހަގަކުރި ނަމަވެސް އެސްއޯއީތަކުން އެކަމަށް އަޅާނުލާކަމަށްވެސް އަފީފް ފާހަގަކުރެއްވިއެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި، ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތް ހަވާލުކުރާ ފަރާތާއި މަސައްކަތްކުރާ ފަރާތާއި ދެމެދު އޮންނަ އެއްބަސްވުމަކީ ގާނޫނުގެ ތެރެއިން ހެދިފައިވާ އެއްބަސްވުމެއްތޯ ސަރުކާރުން ބަލަންޖެހޭކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން އޭނާ އިޝާރާތްކުރެއްވީ ކޮންސްޓްރަކްޝަން ދާއިރާއަށެވެ. ބިލްޑިން ކޯޑެއް އޮންނަކަމަށް ފާހަގަކުރައްވާ އަފީފް ވިދާޅުވީ ނަމަވެސް އިމާރާތްކުރެވެނީ ބިލްޑިން ކޯޑާއި އެއްގޮތަށްތޯ ބަލާ ކަށަވަރުކުރަންޖެހޭނެކަމަށެވެ. އިމާރާތެއް ހަދާ ނިމޭއިރު ހުންނަންޖެހޭ ރަނގަޅު ފެންވަރަށް ހެދިފައިނުވުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް އިނާޔަތްދޭންޖެހޭކަމަށް ފާހަގަކުރައްވާ އަފީފް ވިދާޅުވީ އެއީވެސް މި ބިލުގައި ކަނޑައެޅިފައި ހުންނަންޖެހޭނެ ކަންތައްތައްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: