ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަންވެއްޖެނަމަ ރިޔާސީ އިންތިހާބު ގެއްލިދާނެކަމަށް އޮތް ބިރު ޓިކެޓު ހަވާލުކުރި ޖަލްސާއިން ހާމަވި: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު އެރުވުމުގެ ޖަލްސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ޖަލްސާއިން ހާމަވެގެންދިޔައީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެއްޖެނަމަ، ރިޔާސީ އިންތިހާބު ގެއްލިދާނެކަމަށް އެމްޑީޕީގެ މެންބަރުން ބިރުން ތިއްބެވި މަންޒަރު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ ޕީޕީއެމްގައި ގައުމަށްޓަކައި ގުރުބާވާން ތިއްބެވި މެންބަރުން ކުރައްވާ އިންތިޒާރަކީ ރައީސް ޔާމީން މިނިވަންވުމަށް އެދި ކުރަމުންދާ އިންތިޒާރުކަމަށެވެ. އެ އިންތިޒާމުގެ ނިމުން ވަރަށް ކައިރިވެއްޖެކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. ރައީސް ޔާމީން މިނިވަންވުމަށްފަހު ރިޔާސީ އިންތިހާބުގެ ވާހަކަދެއްކެމުގެ ބޭނުމެއް ނޯންނާނެކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ ރައީސް ޔާމީން މިނިވަންވުމުން ރިޔާސީ އިންތިހާބު ގެއްލިދާނެކަމަށް އޮތް ބިރު މި މަހުގެ 17 ގައި ކާނިވާގައި ބޭއްވި ޖަލްސާއިން ފެނިގެންދިޔަކަމަށެވެ. 2018 ވަނަ އަހަރު ރައީސް ސާލިހަށް ވެރިކަން ލިބުނީ އަވަށްޓެރި އިންޑިއާއިން ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ބޭނުންވެގެން އިންތިހާބު ވަގަށް ނަގައިގެންކަމަށް ވިދާޅުވިއެވެ.

5 އަހަރު މިދިޔައީ ދާނެ ގޮތަކަށް، ފެނަށް އެއްލާފަ އޮތް ދިއްގާ ދަނޑިއެއް ދާހެން. މޫދުގެ ތެރޭގައި އޮވެ ދަމާ ކަނޑަކަށް އެއްލާލާފަ އޮތް ދިއްގާ ދަނޑިއެއް ދާނީ އޮޔެ ދަމާ ކޮޅަކަށް. ބައެއް ފަހަރު ރާޅާ އެއްކޮޅަށް ދާނެ. އަނެއް ބައި ފަހަރު އޮޔާ އެއްކޮޅަށް ދާނެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީވެސް ރައީސް ސާލިހު ކާމިޔާބުކުރެއްވީ ވޯޓު އޮޅުވައިލައިގެންކަމަށް އަބްދުލްރަހީމް ތުހުމަތުކުރެއްވިއެވެ. އަދި ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރަސްމީކޮށް ޖަލްސާ ބޭއްވީ ރައީސް ޔާމީންއަށް ޓިކެޓު ހަވަލުކުރުމަށް ޕީޕީއެމް އިން ވަރުގަދަ ޖަލްސާއެއް ބޭއްވުމުން އެކަމާއި ވާދައަށްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ބަޔަކު ކަމެއްކުރީތީކަމެއް ކުރަން އެބަޖެހޭ، ޕީޕިއެމްއިން ވަރަށް ސަޅި ޖަލްސާއެއް ބާއްވާލައިފި. މުޅި ރާއްޖެ ޝާމިލުވާގޮތަށް. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ އަތް އަތް މަތިން ލާފަ އައިސް ރައީސް ޔާމީންއަށް ރިޔާސީ ޓިކެޓު ހަވާލުކުރި މަންޒަރު ފެނިފާ މި މީހުންވެސް ވެއްޖެ ރިޔާސީ ޓިކެޓު ހަވާލުކުރަން.

ޖަލްސާގައި ދެއްކެވި ވާހަކަތައް ހަބަރުތަކުން ފެނުމުން ޖަލްސާގައި ދެއްކީ ކޮން ވާހަކައެއްތޯ ބައްލަވާލެއްވިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އަބްދުލްރަހީމް ވިދާޅުވީ އިތުރު ދައުރެއް ހޯދުމަށް ދައްކާނެ ވާހަކައެއް ނެތުމުން މުޅި ޖަލްސާގައި ދެއްކީ ކުރީގެ ރައިސް ޔާމީންއާއި އެމަނިކުފާނުގެ ސަރުކާރުގެ ވާހަކަކަމަށެވެ.

ރައީސް ޔާމީންއަށް ފާޑު ވިދާޅުވާން ހަދައިގެން ދެއްކުނު ނުދެއްކުނު ވާހަކައެއް ޖަލްސާގެ ބައިވެރިންނަށް ނޭގުނުކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ ދިފާއީ ވަޒީރު މާރިޔާ ދެއްކެވީ ދިވެއްސަކަށްވެ ހުރެ ޕޯޑިއަމްއެއްގައި އޭނާއަށް ދައްކަންކެރޭ ވަރަށްވުރެ މާ ލަދުވެތި ވާހަކައެއްކަމަށެވެ. އެހެންކަމުން އޭނާ މާރިޔާ ދެއްކެވި ވާހަކަތަކާއި ގުޅޭ ގޮތުން އެއްޗެއް ނުދައްނަވާނަން އިބްދުލްރަހީމް ވިދާޅުވިއެވެ.

މިއީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއްކަމަށާއި، އަމިއްލައަށް ހަދާފައިވާ ގާނޫނު އަސާސިއެއްގެ ދަށުން ރާއްޖެ ހިންގަމުން އަންނަތާ އެތައް ދުވަހެއްވެއްޖެކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. މިފަދަ ގައުމެއްގެ ވަޒީރުކަމުގައި ހުންނަވާ އެ ވާހަކަތައް މާރިޔާ ދެއްކެވުމުން އޭނާ ވަޒީރުކަމަށް ކުފޫހަމަ ނުވާކަމަށް ވިދާޅުވާފަދަ މޭރުމަކުން އަބްދުލްރަހީމް ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން އަބްދުލްރަހީމް ވިދާޅުވީ ހާސިލްކުރަން ބޭނުންވާ ކަންތައްތައް ބަދަލުވެ، ރިޔާސީ އިންތިހާބާއި ގާތްވުމުން ބައެއް ބޭފުޅުން ޖެހި ލަވަ އާއި ބެރު ބަދަލުވެއްޖެކަމަށެވެ. އަދި އޭނާ އެދިލެއްވީ މިފަދައިން ތާއީދު ހޯދެއްވުމަށްޓަކައި ސިޔާސީ އެކިއެކި ބޭފުޅުން ދައްކަވާ ވާހަކަތަކަށް ސަމާލުވެލެއްވެ، ގައުމު މިއޮތް ހާލަތަށް ވެއްޓުމުގައި އެ ފަރާތްތަކުން އަދާކުރި ދައުރު ބައްލަވާލެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: