ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ކުންފުނިތަކަށް، ރާއްޖޭގެ ބައިތުލްމާލުން ދޭ ފައިސާގެ އަދަދު ބަލަން ޖެހޭ: ފަޒުލް

ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މަޖިލިހުގައިވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކުންފުނިތަކަށް ރާއްޖޭގެ ބައިތުލްމާލު ދީއްލައިލައިގެން ދެނީ ކިހާ ފައިސާއެއްތޯ ބަލަންޖެހޭކަމަށް ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަސް އަހަރުގެ ދައުރުގައި ތަރައްގީގެ ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގާ ވަޒީފާގެ ފުރުސަތުތައްވެސް ހޯދައިދީ އެތަކެއް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގިކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ 4 އަހަރުގެ ތެރޭގައި ކުރެވުނީ ކީއްތޯ ސުވާލުކުރަންޖެހޭކަމަށް ފަޒުލް ވިދާޅުވިއެވެ. ޒުވާނުންނަށް ލިބުނީ ކޮން ފަހި ފުރުސައްތެއްތޯއާއި، އިންޑިއާގެ ކުންފުނިތަކަށް ރާއްޖޭގެ ބައިތުލްމާލު ދީއްލައިލައިގެން ދެނީ ކިހާ ފައިސާއެއް ތޯ ބަލަން ޖެހޭކަމަށް ފަޒުލް ވިދާޅުވިއެވެ. 40 ބިލިއަނާއި ގާތަށް ރައީސް ޔާމީންގެ ސަރުކާރުގައި ދަރަނި އުފެއްދިކަމަށް މި ސަރުކާރުން ބުނާތީ އެ ވާހަކަތަކަށް ރައްދުދެއްވާ ފަޒުލް ވިދާޅުވީ، އެ ދަރަނިން ކުރި މަސައްކަތް މިއަދު ފެންނަން އެބައޮތްކަމަށެވެ. އެގޮތުން ހިޔާ މަޝްރޫއާއި ބްރިޖުގެ މަޝްރޫއުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫއާއި އަދި ސުކޫލުތައް ތަރައްގީކުރުމަށްޓަކައި ކުރެއްވި މަސައްކަތްތައް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީން ވަޑައިގެންނެވީ ދިވެހިރާއްޖެއަށް އުމްރާނީ ތަރައްގީ ގެނުވާ، އާމްދަނީ ލިބޭނެ އެތައް ވަސީލަތްތަކެއް ތަރައްގީކުރެއްވުމަށްފަހުކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި ހއ ތުރާކުނުން އައްޑޫ އަތޮޅާއި ހަމައަށް ބެލިނަމަވެސް ކޮންމެ މަސައްކަތެއްވެސް ރައީސް ޔާމީން ކޮށްދެއްވާފައިވަނީ އޭގެން އާމްދަނީ ލިބޭނެ ގޮތަށްކަމަށް ފާހަގަކުރެއްވިއެވެ.

އުމްރާނީ ތަރައްގީ ގެނުވައިފި، އަދި އޭގެން އާމްދަނީ ހޯދޭނެ އެތަކެއް ގިނަ ގުނަ މަސައްކަތްތަކެއް ރައީސް ޔާމީން ކޮށްދެއްވި. އެއާޕޯޓަށް ބައްލަވާލެއްވިކަމުގައިވީނަމަވެސް، ދިވެހިރާއްޖޭގެ ތުރާކުރުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ކޮންމެ މަސައްކަތެއް ބެއްޔަސް އެ މަސައްކަތެއްކޮށްދެއްވާފަ ހުރީ އޭގެ އާމްދަނީ ލިބޭނެ ގޮތަކަށް

މި ސަރުކާރުން ބޭނުންކުރަމުންދަނީ ރައީސް ޔާމީން ތަރައްގީކުރެއްވި ވަސީލަތްތަކުން ލިބޭ އާމްދަނީކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި އޭގެން ނުފުދިގެން ހޮސްޕިޓަލްތަކާއި ސުކޫލުތައް މޯގޭޖުކޮށްފައިވާކަމަށާއި، އަދި މިހާރު މިސްރާބު ހުރީ ތިލަފުއްޓާއި ދިމާލަށްކަމަށް ފަޒުލް ވިދާޅުވިއެވެ.މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަސައްކަތްތަކަކީ މި ސަރުކާރުން ފެށި މަސައްކަތްތަކެއްނޫންކަމަށް ފާހަގަކުރެއްވިއެވެ. އަދި އެއީ ރައިސް ޠާމީންގެ ސަރުކާރުގައި ފައްޓާފައިވާ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ގައުމުގެ ހާލަތު ރަނގަޅުކުރެވޭނީ ޒުވާނުން ނިކުމެ މަސައްކަތް ކޮށްގެންކަމަށެވެ. އަދި ޒުވާނުންގެ އުއްމީދުތައް ހާސިލްކުރައްވަން ބޭނުންވަނީނަމަ ރިޔާސީ އިންތިހާބުގައި ދެ ގުނަ މަސައްކަތްކޮށް ރައީސް ޔާމީން ހޮވަން ޖެހޭކަމަށް ފަޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާވަނީ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ދިނުމުގައި ގެންގުޅޭ ތަފާތުތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި ސުވާލުއުފެއްދެވީ މިއަދު ރާއްޖޭގައި އޮތީ ކިތައް މެދު ފަންތީގެ ކުންފުނިތޯއެވެ. ފަޒުލް ވިދާޅުވި ގޮތުގައި ހުރިހާ މަޝްރޫއުތަކެއް ދެނީ އިންޑިއާއަށެވެ. އަދި ޓެކްސްދައްކަން ޖެހެނީ ދިވެހި ރައްޔިތުންކަމަށާއި، ނަމަވެސް އިންޑިއާގެ ކުންފުނިތަކައް ހުރިހާކަމެއް އޮތީ ހިލޭކަމަށް ފަޒުލް ވިދާޅުވިއެވެ. ފަޒުލް ވިދާޅުވި ގޮތުގައި ދިވެހިން ރާއްޖޭގެ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށްވެއްޖެކަމަށް އިދިކޮޅުން ފާހަގަކުރަނީ މި ސަބަބަށްޓަކައެވެ.

ފަޒުލް ސުވާލުއުފެއްދެވީ އިންޑިއާއަށް ޓެކްސް މައާފު ކޮށްދެއްވިފަދައިން ހިޔާގެ ރައްޔިތުންނަށް ކުލި މައާފުނުކޮށްދެވިގެން އުޅޭ ސަބަބާއިމެދުއެވެ. އަދި ކުލި ނުދެއްކޭ އާއިލާތަކަށް ސަރުކާރުން އެހީތެރިނުވަނީ ކީއްވެގެންތޯވެސް ފަޒުލް ސުވާލުއުފެއްދެވިއެވެ. ދިވެހި ދައުލަތުގެ ފައިސާއިން ދިވެހި ރައްޔިތުންނަށް ފައިދާނުކޮށް އިންޑިއާގެ ކުންފުނިތަކަށް އޭގެ ފައިދާ ލިބެނީ ދިވެހިން ރާއްޖޭގެ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށްވީމައިކަމަށް ފަޒުލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: